ads
ޕްރިންސް ހެރީ--
ޕްރިންސް ހެރީއާ ގުޅޭ ދޮގު މައުލޫމާތު ފެތުރި ނޫހުން މައާފަށް އެދިއްޖެ
ޕްރިންސް ހެރީއާ ގުޅޭ ދޮގު މައުލޫމާތު ހިމެނޭ ލިޔުމެއް ޝާއިއުކުރި މައްސަލާގައި "ދަ މެއިލް" ނޫހާ ދެކޮޅަށް ދައުވާ ކުރެއްވުމުން އެ ނޫހުން މައާފަށް އެދިއްޖެ އެވެ.

ޕްރިންސް ހެރީ ކޯޓަށް މައްސަލަ ހުށަހެޅުއްވީ 25 އޮކްޓޫބަރު 2020 ގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅޭ ގޮތުންނެވެ. އެ ލިޔުމުގައި ވަނީ އިނގިރޭސި ރޯޔަލް މެރީންސް އިން ވަކިވުމަށް ފަހު ހެރީ ވަނީ އަސްކަރިއްޔާއާ ގުޅުން ކަނޑާލާފައި ކަމަށެވެ.

އެކަމާ ގުޅިގެން "ދަ މެއިލް" އިން މައާފަށް އެދި ނެރުނު ބަޔާނުގައި ބުނީ އެއީ ދޮގު މައުލޫމާތެއް ކަމަށާއި ޕްރިންސް ހެރީ ވަނީ އަސްކަރިއްޔާއާ ވަކިވުމަށް ފަހު ވެސް އެކި އިސް ބޭފުޅުންނާ ގުޅުން ދަމަހައްޓަވާފައި ކަމަށެވެ. 

މީގެ ކުރިން ވެސް ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ވަނީ އެކި ފަހަރު މަތިން "ދަ މެއިލް" އާ ދެކޮޅަށް ދައުވާ ކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް