ads
ބޭންކް އޮފް މޯލްޑިވްސް ހެޑް އޮފީސް/ ފޮޓޯ:ބީއެމްއެލް
ބުރާސްފަތީގައި ބީއެމްއެލް ބަންދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޮޑިޓްކުރުމަށްޓަކައި މި ހަފްތާގެ ބުރާސްފަތި ދުވަހު ބަންދުކުރަން، އެ ބޭންކުން ނިންމައިފި އެވެ.

ކޮންމެ އަހަރަކުވެސް އެންމެ ފަހު ދުވަހު އޮޑިޓްކުރުމަށް ބީއެމްއެލް ރަސްމީކޮށް ބަންދުކުރާއިރު، ހިދުމަތްދޭ ސެންޓަރުތަކާއި ބްރާންޗްތަކުންދޭ ހިދުމަތްތައް ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާނެ އެވެ.

ބްރާންޗްތަކުންނާއި ހިދުމަތްދޭ ސެންޓަރުތަކުން ދޭ ހިދުމަތްތައް ބުރާސްފަތި ދުވަހު ބަންދުވާ އިރު، ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްތަކުގެ ބޭނުން ކުރެވޭނެ ކަމަށާއި، އެ ބޭންކްގެ ހޮޓްލައިނާއި ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލްގެ އިތުރުން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ދޭ ހިދުމަތްތައްވެސް ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހު ތިނަކަށް މެދުކަނޑާލުމަށް ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް