ads
ތ. ލ. އަތޮޅު ލޯންޗް ފެރީގެ ހިދުމަތް... ފޮޓޯ:އެމްޓީސީސީ
އެމްޓީސީސީން ތ އަތޮޅުން ލ އަތޮޅަށް ދަތުރުތައް ފަށައިފި
އެމްޓީސީސީން ތ.އަތޮޅާއި ލ.އަތޮޅާއި ދެމެދު ކުރާ ފެރީގެ ދަތުރުތައް މިއަދު ފަށައިފިއެވެ.

ތ. އަތޮޅު އަދި ލ. އަތޮޅާއި ދެމެދު ފެށުމަށް ނިންމާފައިވާ ލޯންޗް ފެރީގެ ހިދުމަތް ރޭ އިފްތިތާހް ކުރިއިތު އެކުންފުނިން ބުނީ ފުރަތަމަ ދަތުރު މިއަދު ކުރާނެ ކަމަށެވެ. 

ތ. ލ. އަތޮޅު ލޯންޗް ފެރީގެ ރޫޓުގައި ހިމެނޭ ރަށްތަކަކީ ތ. ވޭމަންޑޫ އާއި އެ އަތޮޅު ތިމަރަފުށީގެ އިތުރުން ލ. ގަމެވެ. 

އެމްޓީސީސީން ވަނީ އެ ރަށްރަށައް ދަތުރުކުރާ އަގުތަށް ވެސް އާންމުކޮށްފައެވެ. އެގޮތުން ތ. ވޭމަންޑޫން ތިމަރަފުއްޓަށް ކުރާ ދަތުރުގެ އަގަކީ ކޮޅަކަށް 75 ރުފިޔާ އެވެ. އެއީ ދެކޮޅަށް 150 ރުފިޔާ އެވެ. އަދި ވޭމަންޑޫ އާއި ތިމަރަފުށިން ލ. ގަމަށް ކުރާ ދަތުރުގެ އަގަކީ ކޮޅަކަށް 250 ރުފިޔާ އެވެ. އަދި ދެކޮޅަށް ނަމަ 400 ރުފިޔާ އެވެ.

ތ. ލ. އަތޮޅު ލޯންޗް ފެރީގެ ހިދުމަތް ދޭނީ ހަފުތާއަކު ހަތަރު ދުވަހުއެވެ. އެއީ އާދީއްތަ އާއި އަންގާރަ ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް