ads
މިނިސްޓަރު އަބްދުﷲ ޝާހިދު--
މޮންގޯލިއާގެ މިނިވަންދުވަހުގެ ތަހުނިޔާ މިނިސްޓަރު ޝާހިދު ދަންނަވައިފި
މޮންގޯލިއާގެ މިނިވަން ދުވަހާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެގައުމުގެ ފޮރިން މިނިސްޓަރު ޏަންމްޓްސެރެން އެންހްޓައިވާން އަށް ދުވަހުގެ ތަހުނިޔާ ދަންނަވައިފިއެވެ.

މޮންގޯލިއާގެ ފޮރިން މިނިސްޓަރަށް ފޮނުއްވި މެސެޖުގައި މިނިސްޓަރު ޝާހިދު ވަނީ، އެގައުމުގެ މިނިވަން ދިވަހާއި ގުޅިގެން ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ. 

އަދި ރާއްޖެއާއި މޮންގޯލިއާ އާއި ދެމެދު އޮތް އެކުވެރި ގުޅުން މުސްތަގުބަލުގައިވެސް އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް މިނިސްޓަރު ޝާހިދު ވިދަޅުވިއެވެ. 

މޮންގޯލިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހެވެ. އެއީ 1911 ވަނަ އަހަރު ޖިންގް ޑައިނަސްޓީގެ އަތުން މޮންގޯލިއާ މިނިވަންވީ ދިވަހެވެ. ނަމަވެސް އޭގެ 8 އަހަރު ފަހުން، 1919 ވަނަ އަހަރު އެގައުމު ވަނީ ޗައިނާގެ ދަށައް ގޮސްފައެވެ. ޗައިނާ އަތުން މޮންގޯލިއާ މިނިވަންވެ ފުރިހަމަ މިނިވަން ގައުމެއްގެ ގޮތުގައި މޮންގޯލިއާ ވެގެންދިޔައީ 1921 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް