ads
ގައުމު ވިއްކާލުމާއި ދެކޮޅަށް އިދިކޮޅުން އިހުތިޖާޖު ކުރުން--
އިދިކޮޅުގެ ޖަލްސާއެއް ނައިފަރުގައި ބާއްވަނީ
"ޗަކުރާ އަނިޔާ ހުއްޓޭލެ" ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނައިފަރުގައި ޖަލްސާއެއް ބާއްވަން އިއުލާންކޮށްފި އެވެ.

އިދިކޮޅު ކޯލިޝަނުން މައުލޫމާތުދޭ ގޮތުގައި ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މިރޭ ނައިފަރުގެ ޕީޕީއެމް ޖަގަހަ އާއި ޕީޕީއެމް މައި އޮފީސް ކައިރީގަ އެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރުމުގެ ފުރުސަތު ކޮވިޑާއި ގުޅިގެން ދެވިފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އިދިކޮޅުން އަންނަނީ ފާޅުކުރަމުންނެވެ.

އެގޮތުން އެ ފުރުސަތު ނެތީ ހަމައެކަނި އިދިކޮޅު ކޯލިޝަނަށް ކަމަށާއި، ސަރުކާރުން އެކި ނަން ނަމުގައި ރަށްރަށަށް ދަތުރުކޮށް ކެމްޕެއިން ކުރާ ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރެ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން އިދިކޮޅު ކޯލިޝަނުން އަންނަނީ މިގޮތަށް އެކި ރަށްރަށުގައި ވާޗުއަލްކޮށް ޖަލްސާތަށް ބާއްވަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ބާރަށުގައި ވެސް މިފަދަ ޖަލްސާއެއް ވާޗުއަލްކޮށް ބާއްވާފަ އެވެ. 

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް