ads
ވީޑިއޯ ރިޕޯޓް
އިބްތިހާލްގެ ގާތިލުން އަދިވެސް ދޫވެފައި!
މިއީ އާފިޔާ ޝަރީއަތަށް ދީފައިވާ ބަޔާންގެ ކުޑަކުޑަަ ތަންކޮޅެއް. ބަޔާން ރަނގަޅަށް އަޑުއަހާލުމުން އެންމެ ފުރަތަމަ ވެސް އަޅުގަނޑުގެ ހިތަށް އެރި ސުވާލަކީ ' ހަގީގަތުގައި އާފިޔާގެ ރުޅިގަނޑު ހުރީ އޭނަގެ ބަޑުން އުފަންވި މައުސޫމް ކުޑަކުޑަ އިބްތިހާލުގެ މަށްޗަށް ތޯ؟ ނޫނީ މީގެ މުލުގައި ވަނީ އޭނަގެ ހަޔާތުގައި ޖެހިފައިވާ ލައްގަނޑުން އާވެ އާވެ ހުންނަ ރޯފާރުގަނޑު ކަމުގައިވާ އޭނަގެ ދޮން ބައްޕަ އިސްމާއީލް ރައޫފްގެ މަށްޗަށް އޮންނަ ރުޅިގަނޑުތޯ؟ އުފެދުނު ސުވާލެވެ.

އެ ފާރުގަނޑު ރޯކަން ނުފިލާނެހެން ތާޒާކަންމަތީ ބަހައްޓަން މަޖުބޫރު ކުރުވީ އާފިޔާ ދިރިއުޅުނު ރަށުގެ މީހުންނާއި އެންމެ ގާތް ރަށްޓެހިންނެވެ.

2015 ވަނަ އަހަރު ވ. ރަކީދޫގައި އެތަށް އަނިޔާތަކެއް ކޮށް މަރާލާފައިވާ އުމުރުން އެންމެ ތިން އަހަރުގެ ކުޑަކުަޑަ މައުސޫމު އިބްތިހާލުގެ މަރަަށް  ހަ އަހަރާޢި 11 މަސް ފަހުން އިއްޔެ އިންސާފު ލިބިގެން ދިޔައިރު ޝަރީއަތުގެ މަޖިލީހުގެ ހުލާސާ ބަޔާންތަކުން މި މައްސަލައިގެ އެންމެ ފުނަށް ފީނާ އިރު މި މައްސަލަ ފެށިގެން އައިސްފައިވަނީ އިބްތިހާލު ދުނިޔެއަށް އުފަން ވުމަށްވުރެ ވެސް ކުރިން ކަމުަގއި ބުނެވިދަނެއެވެ. 

އާފިޔާ ޝަރީއަތަށް ދީފައިވާ 114 ސަފުހާގެ ބަޔާނަށާއި ހެކިންގެ ބަޔާންތަަކުގެ އިތުރުން 26 ސަފްހާގެ ސައިކޮލަޖިކަލް ރިޕޯޓްތަކުން ކިޔާދެނީ މައުސޫމް އިބްތިހާލު ފަދައިން އަނިޔާލިބި ހަން މެށިފައިވާ އާފިޔާގެ ހިތްދަތި އަދިރިދިރިއުޅުމުގެ ނޭގޭ އެތަށް ވާހަކަތަކެކެވެ. 

އިބްތިހާލު ފަދައިން އާފިޔާއަކީ ނަހަލާލު ދަރިއަކަށް ނުވިޔަސް ވަރަށް ކުޑައިރު އޭނަގެ ބައްޕަ ނިޔާވުމާއި ގުޅިގެން ހަޔާތުގެ ގިނަ ދުވަސްތަކެއް ގުނަންޖެހުނީ އަިބްތިހާލު ފަދައިން ބައްޕަގެ ލޯބިން މަހްރޫމްވެ، ހިތްދަތި އެކަނިވެރި އަދި އަނިޔާވެރި ދިރިއުޅުމެކެވެ. ބައްޕަ ނިޔާވުމަށްފަހު އުފަން މަންމަގެ ކިބައިންނާއި މުޖުތަމައުގެ އެކި މީސްމީހުންގެ ފުށުން އާފިޔާގެ ހިތަށާއި ނަަފްސަށް ލިބުނު އަނިޔާތަކާއި ހިތްދަތި އެތަށް ކަންތަށް އަދިވެސް ވަނީ ނުފިލާ ހަނދާންތަކެއް ގޮތުގައި އޭނަގެ ހިތުގައި ބިންވަލު ނެގިފައެވެ. 

އާފިޔާ ހަނދާން ހުންނަން ފެށީންސުރެވެސް ދިރިއުޅެމުންދިޔައީ ވ. ރަކީދޫ ލައިޓް ހައުސް ގޭގައި ބައްޕަ ފަރާތު މީހުންނާއި އެކުއެވެ. އާފިޔާގެ ހަޔާތުގެ ކަޅުދުވަސްތަށް ފެށިގެން އައީ އުމުުުރުން އެން،މެ ހަތް އަހަރުގައި އޭނަގެ ބައްޕަ ނިޔާވުމަށްފަހު އެވެ. ބައްޕަ ނިޔާވުމަށް ފަހުވެސް މަންމައާއިއެކު އާފިުޔާ ދިރިއުޅެމުން ދިޔައީ ވ. ރަކީދޫ ލައިޓް ހައުސް ގޭގައެވެ. އެގޭގައި ދިރިއުޅެމުން ދިޔަ ދުވަސްވަރު އާފިޔާގެ މަންމަ ސާފިޔާ މުހައްމަދު ހިތްހަމަ ނުޖެހޭ ފަހަރު ފަހަރު އާފިޔާއާއި އެއްބަނޑު އެއްބަފާ އެހެން ކުދިން ގައިގާ ތަޅުމަކީ އާއްމުކަމެކެވެ. މިއީ  އާފިޔާ ތަރުބިއްޔަތުވެެސް ވަމުން އާ ގޮތެވެ. މިކަން އެކަންޏެއް ނޫނެވެ. 

އާއިލީ ގޮތުން އެންމެ އިތުބާރު ކުރެވޭނެ މަގާމުގައި ތިބި މީހުންގެ ފަރާތުންވެސް އާފިޔާއަށް ލިބިމުންދިޔައީ ކެތް ނުކުރެވޭވަރު އެތަށް ވޭނެކެވެ. އެގޮތުން އާފިޔާގެ ބޮޑު ދައިތަގެ ފިރިމީހާގެ ވަހުށީ ވަކިތަކުގެ ދަށުގައި ކަސްތޮޅު އެޅިގެން ވެސް އެތަށް ދުވަހަކު އާފިޔާ ވަނީ އެ ވޭންތަށް ތަހަންމަލް ކޮށްފައެވެ. އެވޭންތަކުން ސަލާމަތް ކޮށްދޭނެވަރުގެ މީހަކުވެސް އޭނަގެ ހަޔާތުގައި ނެތްކަން އެގުނީ ބޮޑު ބޭބޭގެ ވަހުށީ އަމަލުތަކުގެ ވާހަކަ މަންމަ އާއި ބޮޑުދާތައާއި ހިއްސާކުރުމުންވެސް އެ ވާހަކަތަކަށް ބީރުކަންފަތް ދެމުންދިޔުމެވެ. އެ ވަކިތަކުން ސަލާމަތް ކޮށްދިނުމުގެ ބަދަލުގައި އަމިއްލަ އާއިލާއިންވެސް އޭނަ އަކީ ދިގުހަދާ މީހެެެެއްކަމަށް ބުނެ ވަހުށީ މިނިކާވެގެއްފަދަ އާދަމް ނަސީރު ހަދާލީ ހުދުކާފޫރު ކޮޅަަކަށެވެ. އަދި ވާހަކަތައް ހިއްސާ ކުރުުމުގެ ނަތީޖާއެއްގެ ގޮތުން އާފިޔާ ވީ މުޅި ރަށުތެރޭގައި ފަލީހަތެވެ. 

އެދިރިއުޅުމަށް ކެތް ނުކުރެވިގެން އަނިޔާތަކުން ސަލާމަތް ކޮށްދޭނެ މީހަކު ނެތްކަން ދަނެ އަމިއްލަ ކަށިން ހިތްވަރު ނެރެގެން އެ އަދިރި ޖަަންގަލިން ނިކުނަން ފުރަތަމަ ފިޔަވަޅު އެޅީ އެގޭގެ ހަތަރުފޫޓު އެތަރެއިން ބޭރުވާށެވެ. ރަށުގެ މާހައުލުންވެސް ބޭރުވެ، މާލެއަށް އާއީވެސް ކިޔެވުމުގެ ފޮނި އުންމީދުތަކާއިއެކުއެވެ. އެހެންނަމަވެސް މިތަނުންވެސް އާފިޔާއަށް ކުރިމަތީވީ ހަމަ "ވަހުށީ މިނިކާވަގަކާ" އެވެ. މުހައްމަދު(އާފިޔާ މާލޭގައި ކިޔަވަން ހުރި ގޭގެ ބޮޑު މީހާ) ކުރަމުންދިޔަ ލަދުވެތި އަމަލު އާފިޔާގެ ދުލުން ބޭރުވެދާނެ ކަމުގެ ބިރަށް އޭނަ ވަނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް އާފިޔާއަށް އެތަށް ވޭންތަކެެއް ތަހަންމަލް ކުރަން މަޖުބޫރުކޮށްފައެވެ. އެހެންނަމަވެސް އާފިޔާގެ އަނގަ މުހައްމަދު ދެެއްކި ވަޅީގެ ބިރުވެރިކަމުންވެސް ނުލެއްޕުނު ކަމީ އާފިޔާ އެ ވޭންތަކުން ސަލާމަތްވުމަށް ބޭނުންވެފައިވުމުގެ ނަމޫނާ މިސާލެކެވެ. އެެހެންނަމަވެސް އާފިޔާގެ ހިތަވަރު މަރާލާ އަނގަ ބަންދުކޮށްލީ ހަމަ އޭނަގެ އުފަން މަންމައެވެ. 

ދެންވެސް އެ އަރިކަމުން ނިކުންނަން އާފިޔާ މަސައްކަތް ފެށީ އަމިއްލައަށެެވެ. މާލޭގައި ހުރިގެއިން ނިކުމެގެން އަމިއްލަ އުފަން ރަށަށް ދިޔުމުން ދެން ކުރިމަތިވީ އޭނަގެ މުޅި ހަޔާތް ބަދަލުކޮށްލި ވަރުގަދަ ތޫފާނެވެ. ރަށަށް ދިޔައިރު މަންމައަށް ވަނީ ޝަރުއީ ކާވެނީގެ ބޭރުން ދެދަރިން ލިބިފައެވެ. އަދި އޭރު އޭނާގެ މަންމަ ހުރީ އާފިޔާގެ ދޮން ބައްޕަ އިސްމާއިލް ރައޫފް އާއި ކާވެނިކޮށްގެންނެވެ. ތައުލީމް ހާސިލުކުރުމަށް އާފިޔާގެ ހިތުގައި އޮތް ލޯބީގެ ސަބަބުން މ. މަޑުވަރިއަށް ގޮސް ގްރޭޑް އަށަކަށް އަމިއްލައަށްވަދެ އެ ރަށު ސްކޫލްގައި ތައުލީމްގެ ދައުރު އަނެއްކާވެސް ފެށިއެވެ. އެހެންނަވެސް އާފިޔާގެ ވަށާގެން ވީ މާހައުލު އަނެއްކާވެސް އާފިޔާއަށް ދިނީ ޖިންސީ އަނިޔާގެ ވޭނީ ހިތިކަމެވެ. 

އަނެއްކާވެސް ރަށަށް ގޮސް ލައިޓް ހޮސްގެ ގޭ ދޮރާއަށިން ގޮސް ވަންނަންޖެހުނީ ބޮޑުބޭބެ އާދަމް ނަސީރުގެ ވަހުށީ އުގުތެރެއަށެވެ. ކިތަންމެ ބޭނުންނުވިނަމަވެސް ކެތް ކުރުން ނޫންގޮތެއް އާފިޔާއަށް ނެތި ގޮތް ހުސްވަމުން ދިޔުމުންވެސް އަޅާލުން ނުލިބޭނެކަން ދެެނެހުރެ ކުޑަކުޑަ ހިތުގެ އުދާސްތައް މަންމައާއި ބޮޑު ބޭބެގެ ކުރިމަތީ އަނެއްކާވެސް އާފިޔާ ބަންޑުން ކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން މައިމީހާއާއި ބޮޑުދައިތަގެ ފަރާތުން ކުރިމަތިވަމުންދިޔަ ފުރުއްސާރަ ތަކަށްފަހު ދެން ނެރެ އެއްލާލީ ގޭން ބޭރަށެވެ. އެހެންގޮތަކުން ބުނާނަމަ މަންމައާއި ދޮން ބައްޕަގެ ހަޑިމުޑުދާރު އަމަލުތަކުގެ ތެރެއިން އޭނަ ކޮށްޕާލީ "ނާސި" ގެއަކަށެވެ އަމިއްލަ ދޮން ބައްޕަގެ ޖިންސީ ޝިކާރަކަށް ވެ އާފިޔާގެ ހަށިގަނޑު ނޮޅައިގެން ކާ މަންޒަރު ބަލަން މަންމަ ހުންނަނީ ހެވިފައެވެ. ގަދަ ހަދާފިނަމަ ތަޅާ އަނިޔާކުރާށެވެ. ސަލާމާތް ވާނެ އެއްވެސް ގޮތެއް ނެތި ފިތި ބާރުވެ ހުރި އާފިޔާގެ ހަށިގަނޑު ނީލަން ކިއީ އަމިއްލަ މައިމީހާއާއި މިއަދު ކުޑަކުޑަ އިބްތިހާލުގެ މަށްޗަށް އާފިޔާގެ ހިތުގައި ނަފްރަތުގެ ހުޅުގަނޑު ރޯކުރި އަދި ހޫނުގެ ގޮށްމުއްތަކުން ދުނިޔެއާއި އަލްވަދާއުކީ ކުަޑަކުޑަ އިބްތިހާލުގެ ދެވަަނަ ގާތިލް އާފިޔާގެ ދޮން ބައްޕަ އިސްމާއިލް ރައޫފުއެވެ. 

އާފިޔާގެ ރުޅިގަނޑު ހުރީ އޭނަގެ ބަޑުން އުފަންވި މައުސޫމް ކުޑަކުޑަ އިބްތިހާލުގެ މަށްޗަކަށް ނޫނެވެ. އާފިޔާއަށް އެކަން މަޖުބޫރު ކުރުވި އޭނަގެ ވަހްށީ މަންމައާއި ބައްޕައާއި ބޮޑުބޭބެއާއި އޭނަގެ ހަށިގަނޑު ނޮޅާގެން ކެއި އެންމެންގެ މަށްޗަށެވެ. 

ދަރިފުޅުގެ މަރަށް އާފިޔާ ދީފައިވާ ބަޔާންތަކަށް ބަލާއިރު ކުއްޖާ މަރާލިކަމަށް އޭނަ ވަނީ ތަކުރާރުކޮށް އެއް ބަސްވެފައެވެ. ދިވެހިރާއްޖޭގެ ގާނޫނުން އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގާއި ގާނޫނީވަކީލަކު އައްޔަން ކުރުމުގެ ހައްގުގެތެރެއިންވެސް އާފިޔާ އިހްތިޔާރު ކޮށްފައިވަނީ އާފިޔާއަށް ކުރެވޭ ހުރިހާ ސުވާލުތަކަށް ޖަވާބު ދިނުމަށެވެ. އަދި "މި އަދަބު ލިބުމާއި ބެހޭ ގޮތުން އާފިޔާ ދެކެނީ ކިހިނެތްތޯ" އެހުމުންވެސް އޭނަ ތަކުރާރު ކުރި ބަހަކީ އޭއީ އޭނާއަށް ހައްގު އޭނާ ލިބެން ބޭނުންވާ އަދަބެއް ކަމަށެވެ. ދައުވާއަށް އިންކާރު ކުރިނަމަވެސް ތަކުރާރުކޮށް ފެންކަޅިވެފައި ބުނަމުން އައީ އޭނަ ކުއްޖަކު ގަސްތުގައި ނުމަރަން ކަމަށެވެ. އަދި އެކަން ކުރެވުނު ސަބަބެއްގެ ގޮތުގައި ތަކުރާރު ކޮށްފައިވަނީ އިންތިހާ ދަރަޖައަށް ކޮންޓްރޯލް ނުކުރެވޭވަރަށް ރުޅި އިސްކުރެވުމެވެ. އަދި ރުޅި އިސް ނުކުރެވުނު ނަމައޭ މަރާ ނުކެވުނު ނަމޭ އެތަށް ފަހަރަކު އޭނަ ތަކުރާރު ކޮށްފައިވެއެވެ. އަދި ސައިކޮލަޖިކަލް ރިޕޯޓްތަކުންވެސް ޑިޕްރެޝަނަން އާއި ރުޅި ކޮންްްޓްރޯލް ނުވުން އަދި ބަދަލު ހިފުމުގެ ރޫހު އާފިޔާގެ ގައިގާ މަތީދަރަޖައަކަށް ހުރިކަން ފާހަގަކޮށްފައިވެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނުވިސްނެއެވެ. އުމުރުން ހަތް އަހަރުން ފެށިގެން ލިބެމުން އާ ޖިންސީ އަދި ނަފްސާނީ އަނިޔާތަކަކީ މީހަކު އެ ދަރަޖައަށް ދާން އެކަށޭނެ މިންވަރެއް ކަމުގައި ބުނެވިދާނެއެވެ. އެއްވެސް ހާލަތެއްގައި މިއީ އާފިޔާ ކުއްވެރި ނުވާކަމަށް ބުނަނޫއެއްވެސް ނޫނެވެ. އެހެންނަމަވެސް ހަ އަހަރާއި 11 މަހަށް ފަހު އިންސާފުގެ ލަފްޒުން އާފިޔާ 20 އަހަރަށް ޖަލަށް ލެވިގެންދިޔައިރު އާފިޔާގެ މުޅި ދިިރިއުޅުމުގައި އޭނައަށް ވީ އިހްމާލާއި ދިން އަނިޔާތަކަށް އިންސާފު ހޯދުމަށް މައްސަލަ ހުށަހެޅި ނަމަވެސް އިންސާފެއް ނުލިބުމުން އާފިޔާއައިމެދު ވެވޭ ބޭއިންސާފާއިމެދު ވެސް ސުވާލު އުފެދެއެވެ. 

އެދަރަޖައަށް އިންސާނަކު ވައްޓާލުމަށް ވަށައިގެންވީ މުޖުަތަަމައުއާއި އަމިއްލަ އާއިލާއާއި ރަށްޓިހެން ކަނޑައެޅިގެން މަޖުބޫރުން ކުރުވިކަން ބަޔާންތަކާއި ފެންނަން ހުރި ހެކިތަކުން އެގި ކަށަވަރު ނުވޭތޯއެވެ. އިބްތިހާލަކީ އާފިޔާއަސް ޝަރުއީ ގޮތުން ލިބުނު ކުއްޖެއް ނޫންކަމަށާއި ހަޔާތުގައި ހޭކިފައިވާ ހަޑި ލައްގަނޑާއި 16 އަަހަރު ދުވަސްތެރޭ އާފިޔާއަށް ޖިސްމާނީ ގޮތުންނާއި ޖިންސީ އަދި ނަފްސާނީ ގޮތުން ލިބުނު އަނިޔާގެ މުލުގައިވާ އޭނަގެ ދޮން ބައްޕަގެ ހަނދާންތަށް އާކޮށްދޭ އޭނަގެ ސޫރަ އާފިޔާއަށް އާކޮށްދޭ އެއްޗަކަށް ކުޑަކުޑަ މައުސޫމް އިބްތިހާލް ހެދުމަށް ދިރިއުޅެމުން ދިޔަ މާހައުލުގެ އެންމެންނާއި ރަށްޓެހިން ހިތްވަރު ދިނުން މިއީ ކުށަކަށް ނުވޭތޯ އެވެ؟

ތަހުގީގަށް އާފިޔާ ދިން ބަޔާނަށް ބަލާއިރު އިބްތިހާލަކީ އާފިޔާ ޝަރުއީ ކާވެންޏެއް ކޮށްގެން ލިބިފައިވާ ކުއްޖެއް ނޫން ކަމަށާއި އޭނާ އަކީ ބައްޕަ ނެތް ކުއްޖެއް ކަމަށް ތަކުރާރުކޮށް ބުނެފައިވެއެވެ. އާފިޔާ ރަކީދޫ މެރީން ކޯނާ ގޭގައި ދިރިއުޅުނު ދުވަސްވަރު ރަށުގެ އެންމެން ކަހަލަ ގޮތަކަަށް އިބްތިހާލުގެ އުޅުމާއި ހިނގުން އިސްމާއިލް ރައޫފާއި ވައްތަރުވާ ކަމަށާއި އިބްތިހާލުވެސް އުޅޭނީ އިސްމާއިލް ރައުފް އުޅުނު ގޮތަށް ކަމަށް ބުނެ ފުރުއްސާރަ ކުރަމުން ދިޔަކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭގެ ސަބަބުން އާފިޔާއަށްވެސް އިބްތިހާލުގެ އުޅުމާއި ހިނގުން އިސްމާއިލް ރައޫފާ ވައްތަރުވެ އޭނަގެ މާޒީ އިބްތިހާލު ފެންނަ ކޮންމެ ފަހަރަކު އާ ވާކަމަށް އޭނަ ވަނީ ފެންކަޅިވެ ހުރެ ބަޔާން ދީފައެވެ. އަދި އިބްތިހާލު މަރާލަން ހިތަށް އެރީވެސް މީހުން ކިޔާ އެއްޗިއްސާއި ފުރުއްސާރާއިގެ ސަބަބުން ކަމަށް ތަކުރާރުކޮށް ބުނެފައިވެއެވެ. އަދި ކުރާ ބައެއް ގޮސް ކަންތަކުގެ ވާހަކަ އެންމެ ގާތް ރަހްމަތްތެރިޔާ ތަހްމީނާ އިބްރާހިމް ކައިރީ ހިއްސާކުރުމުންވެސް ތަހްމީނާގެ ނަސޭހަތަކަށް ވަނީ ކުއްޖާ މަރާލާށެވެ. އަދި އިބްތިހާލް މަރާލި ދުވަހު ނޫން ކުރީ ދުވަހުވެސް ތަހްމީނާ ވަނީ "ކުއްޖާ މަރާލާފައި ފޮށްޓަކަށް ލާފައި އެއްްލާލުމަށް" ބުނެފައިވެއެވެ. އެހެންކަމުން އިބްތިހާލުގެ ގާތިލުން ހޯދާއިރު އަހަރެންގެ ނަޒަރުގައި ތަހްމީނާއަކީ ވެސް ހަމަހަމަ ގޮތުގައި މިކަމަށް ޖަވާބުދާރީ ކުރެވި ޖަލުގެ ކުޑަގޮޅިއަށް ފެންތެންވީ ގާތިލެކެވެ. 

އެހެންކަމުން މިއަދު ކުއްޖާއަށް އިންސާފު ހޯދަދެވުނުސް މި އިންސާފު އެންމެ އިންސާފު ވެރިތޯވެސް މިއީ އުފެދޭ ސުވާލެެކެވެ. މައްސަލައިގައި ކުއްވެރިވި އާފިޔާ 20 އަހަރަށް ޖަލަށް ލެވިގެން ދިޔައިރު ޖަލުގެ ކުޑަގޮޅިގެ ތޭރިތަކަށް ފަށްތަންޖެހޭ ހަމައެކަނި މީހަކީ އޭނަ އެކަނި ތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް