ads
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް
އެހެން ދީންތަކުގެ މީހުންނަށް އިހުތިރާމް ކުރަންޖެހޭ: ޝިފާޒް
އެހެން ދީންތަކަށް ވެސް އިހުތިރާމް ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ޝިފާޒް މިހެން ވިދާޅުވީ ރާއްޖޭގައި ދީނީ މިނިވަންކަމަށް ގޮވާލާ މުޒާހަރާއެއް ރާވަމުން ގެންދާކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ހަބަރަކަށް ރައްދު ދެއްވަމުންނެވެ.  

"އަޅުގަނޑުމެންނަކީ އިސްލާމް ދީނުގެ ސާދާ އުޅުމެއް އުޅެމުން އައި ބައެއް. އެހެން މީހުންނަށް ވެސް އިހުތިރާމް ކުރަން ޖެހޭ،" ޝިފާޒު ވިދާޅުވި އެވެ. 

އެ ނޫހުގަައި ބުނެފައިވާ ގޮތުން އެފަދަ މުޒާހަރާއެއް ރޭވުމަށް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަކަށް މެސެޖު ކޮށްފައެވެ. 

އެފަދަ ތުހުމަތުތަކެއް ޝޭހް އިލިޔާސް ހުސެން ވެސް ވަނީ ކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް