ads
އާންމުވެފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް--
އަނެއްކާ ވެސް ހިޔާގެ ފާރު މައްޗަށް ކުދިން އަރައިގެން އުޅޭ ވީޑިއޯއެއް އާންމުވެއްޖެ
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބޭތިއްބުމަށް ހުޅުމާލޭގައި ހަދާފައި ހުންނަ ފިޔަވަތީގެ ފާރުމައްޗަށް އެތަނުގައި ދިރިއުޅޭ ކުދިންތަކެއް އަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބޭތިއްބުމަށް ހުޅުމާލޭގައި ހަދާފައި ހުންނަ ފިޔަވަތީގެ ފާރުމައްޗަށް އެތަނުގައި ދިރިއުޅޭ ކުދިންތަކެއް އަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ލޯޔަރު މަރިޔަމް ސުނާނާ މިއަދު އިރުއޮއްސެނިކޮށް ޓްވީޓާ މެދުވެރިކޮށް ހިއްސާކުރި އެވީޑިއޯގައި ބުނެފައިވަނީ އެއީ އޭގެ ކުޑައިރުކޮޅެއް ކުރިން ހިނގި ކަމެއް ކަމަށެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އެތަނުގެ ފާރުމަތީގައި ހުރި ދާގަނޑުގައި ހިފަހައްޓައިގެން ދެ ކުއްޖަކު ހިނގަމުންދިޔައިރު ތިރީގައި ދެ ފުލުހަކު ވެސް ތިއްބެވެ. އަދި އެތަނުން ފޭބުމަށް ނަސޭހަތްތެރިވާ މަންޒަރުވެސް ފެނެ އެވެެ.

މި ވީޑިއޯއާ ގުޅިގެން މިހާތަނަށް ޖެންޑާ މިނިސްޓްރީން އެއްޗެއް ނުބުނެ އެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ހިޔާ އަދި ފިޔަވަތީގެ ފާރުމައްޗަށް އަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި އެބަހުއްޓެވެ.

ފިޔަވަތީގައި ދިރިއުޅެމުންދާ ތިން ކުއްޖަކު ފުރާޅުމަތީ ތިއްބާ ފެނިގެން ފުލުހުންގެ އެހީތެރިކަމާއެކު އެތަނުން އެ ކުދިން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ބާލާފައިވާއިރު ފިޔަވަތިން ސީއެންއެމްއާއި ވާހަކަ ދެއްކި ނަންހާމަ ކުރުމަށް ނޭދޭ މަސްދަރަކުން ބުނި ގޮތުގައި "ފިޔަވަތީގެ ފުރާޅުމައްޗަށް ކުދިން އަރަނީ ބަޔަކު އެ ކުދިން ރުޅިއަރުވާތީ" އެވެ.

އޭނާ ބުނީ ފުރާވަރުގެ ކުދިންނަކީ ފުރާޅުފަދަ ތަންތަނަށް އަރާ ހަދާހިތްވާ ކުދިން ކަމަށެވެ. ނަމަވެސް އެކަން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާކަމަށެވެ. އެގޮތުން ފިޔަވަތީގެ ފުރާޅުމައްޗަށް ކުދިން އަރަނީ އެ ސަރަހައްދަށް ބަޔަކުއެއްވެ އެ ކުދިންނާއި ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ދައްކާ އެ ކުދިން "ރުޅި ގަދަ ކުރަން މަސައްކަތް ކުރާތީ" ކަމަށެވެ.

"ކުދިން ރުޅިއަރުވަން އަންނަ މީހުން އެ ކުދިންގެ ވީޑިއޯ ނަގައި އެ އާންމު ކުރުމަކީ އެ ތަނަށް އެއްވާ މީހުނަށް ލިބޭ ޝަރަފެއް. ހުޅުމާލޭ ފިޔަވަތިން ކުދިން ފާރު މައްޗަށް އެރުމާއި އަދި ފުރާޅަށް އެރުން ފަދަ ކަންތައްތައް ދޭތެރެ ދޭތެރެއިން އަންނީ އާންމު ވަމުން،" ސީއެންއެމްއާއި ވާހަކަ ދެއްކި މަސްދަރު ބުންޏެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް