މީރާއިން އާ ސްޓިކާއެއް ތައާރަފު ކޮށްފައި ވަނީ އޮންލައިންކޮށް ފީ ދެއްކުމުން އޮންލައިންކޮށް އެ ސްޓިކާ ވެސް ލިބޭ ގޮތަށެވެ.
އެ އޮތޯރިޓން ބުނީ މި ފެށޭ ޖެނުއަރީން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް ސްޓިކާ ދޫކުރާނީ އީމެއިލް މެދުވެރިކޮށް ކަމަށާއި އެ ފަރާތުން އަމިއްލައަށް ސްޓިކާ ޕްރިންޓް ކުރުން ވެސް ބަލައިގަންނާނެ ކަމަށެވެ.
އޮންލައިންގެ ބަދަލުގައި ކައުންޓަރުތަކަށް ފީ ދައްކާ ފަރާތްތަކަށް ވެސް އާ އަހަރު، 2021 ގެ ފުރަތަމަ ދުވަހުން ފެށިގެން ޕްރިންޓް ކުރުމަށް ފަހު އާ ސްޓިކާ ދޫކުރާނެ އެވެ.
މީރާއިން ބުނީ އާ ސްޓިކާގައިވާ ކިއުއާރް ކޯޑް މެދުވެރިކޮށް ސްޓިކާގެ ސައްހަކަން ބެލޭނެ ކަމަށާއި އޭގެ ސަބަބުން ވެހިކަލް ފީ ދައްކާފައިވާކަން އިދާރާތަކުން ބަލަން ފަސޭހަވާނެ ކަމަށެވެ.