ads
ރަސްލީ ސުޕާރި--
ސުޕާރި އެތެރެކުރުން މަނާކޮށްފި!
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވާއިރު އަންނަ އަހަރުން ފެށިގެން މަނާ ކުރާ ބާވަތްތަކުގެ ތެރޭގައި ސުޕާރި ހިމަނައިފި އެވެ.

އެއް ފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ ޕްލާސްޓިކު މަރުހަލާތަކަކަށް ބަހާލައިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވާފައިވާއިރު، އަންނަ އަހަރުން ފެށިގެން މަނާ ކުރާ 12 ބާވަތެއް ވަނީ އާއްމުކޮށްފަ އެވެ.

މިއަދު ގެޒެޓުކުރި ލިސްޓުގައިވާ ގޮތުން އަންނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެތެރެކުރުން މަނާކޮށްފައިވާ ޕްލާސްޓިކް ބާވަތްތަކުގެ ތެރޭގައި ޕްލާސްޓިކް ހޮޅި އާއި، ތައްޓާއި އަދި ސަމުސާ ފަދަ ތަކެތީގެ އިތުރުން ކާބޯތަކެތި ބަންދު ކުރަން ބޭނުންކުރާ ސްޓައިރަފޯމް ފޮށި ހިމެނެ އެވެ.

މީގެ އިތުރުން ހިމެނޭ ބާވަތްތަކަކީ:

  • ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
  • ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)

އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން މަނާކުރެވޭ ބާވަތްތަކުގެ ތެރޭގައި ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅުގެ އިތުރުން ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރާއި، ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ އެވެ.

އެ ލިސްޓަށް ބަލާއިރު، 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭ ޕްލާސްޓިކްގެ ބާވަތްތައް ވެސް ހިމެނެ އެވެ. 

މިގޮތުން، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅުގެ އިތުރުން، 50 މިލިލީޓަރާއި 200 މިލިލީޓަރާ ހަމައަށް ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި ހިމެނެ އެވެ.

މީގެ އިތުރުން، 2023 ވަނަ ޑިސެމްބަރު މަހުން ފެށިގެން ރާއްޖެއަށް އިމްޕޯޓުކުރާ އެއް ލީޓަރާއި އެއަށް ވުރެ ކުދި ޕެޓު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ވެސް އެތެރެކުރުން މަނާވާނެ އެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި އެ ގާނޫނު މަޖިލީހުން އެންމެ ފުރަތަމަ އިސްލާހުކޮށްފައި ވަނީ، އަންނަ ޖެނުއަރީ މަހުން ފެށިގެން، އެފަދަ ޕްލާސްޓިކް ރާއްޖެ އެތެރެ ކުރުން މަނާ ކުރާ ގޮތަށެވެ.

ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށާއި ވިޔަފާރިތަކަށް އަސަރު ކޮށްފައިވާއިރު އަންނަ އަހަރު ޕްލާސްޓިކްގެ ގިނަ ބާވަތްތައް އެއްފަހަރާ އެތެރެ ކުރުން މަނާ ކުރުމުގެ ބަދަލުގައި، އެކި މަރުހަލާތަކަށް ބަހާލައިގެން އެކި މުއްދަތުތަކުގައި ސިންގަލް-ޔޫސް ޕްލާސްޓިކް މަނާ ކުރުމުގެ ފުރުސަތު ދިނުމަށް، މަޖިލީހުން ވަނީ މިމަހު އިތުރު އިސްލާހެއް ގެންނަން ފާސްކޮށްފައި ވެއެވެ. 

މިމަހުގެ 22 ވަނަ ދުވަހު ތަސްދީގު ކުރެވުނު އިސްލާހުގައިވާ ގޮތުން، ސިންގަލް-ޔޫޒް ޕްލާސްޓިކުގެ ލިސްޓަކާއެކު، އެކި މަރުހަލާ ތަކަކަށް ބަހާލައިގެން، އެތަކެތި އެތެރެކުރުން މަނާކުރުމުގެ އިހުތިޔާރު ރައީސަށް ލިބިވަޑައިގަންނަވާނެ އެވެ. އަދި، އެ ތަކެތީގެ، ލިސްޓެއް ތައްޔާރުކޮށް އޭގައި ހިމެނޭ ތަކެތި ބޭނުންކުރުން މަނާ ކުރާނެ ތާރީހާ އެކު އަންނަ އަހަރުގެ ކުރިން ގެޒެޓުގައި ޝާއިއު ކުރަން ވެސް ބަޔާން ކޮށްފައިވެ އެވެ.

55%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
32%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް