ads
މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް މި އަހަރު ކުރެއްވި ކައިވެނި--
2021ގެ ހުރިހާ ތާރީހެއްގައި ކައިވެނި ކޮށްދޭނެ
އަންނަ 2021 ވަނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭނެ ކަމަށް ފެމެލީ ކޯޓުން ބުނެފިއެވެ.

އެ ކޯޓުން މިއަދު މިކަން އިއުލާނު ކުރީ ގެޒެޓު ކުރި އިއުލާނެއްގައެވެ.

އެގޮތުން އަންނަ އަހަރު ރަސްމީ ގަޑީގައި ކޯޓުގައި ކައިވެނި ކޮށްދޭނީ ހެނދުނު 8:30 އިން 11:30 އަށް އަދި މެންދުރުފަހު 13:00 އިން 13:45 އަށް ކަމަށް ފެމެލީ ކޯޓުން ބުނެއެވެ. އަދި ނުރަސްމީ ގަޑީ ކޯޓުގައި ކައިވެނި ކޮށްދޭނީ 16:00 އިން ފެށިގެން 21:30 އަށް ކަމަށް އެ ކޯޓުން ބުނެއެވެ.

ކޯޓުން ބޭރުގައި އާންމު ގޮތެއްގައި ކައިވެނި ކޮށްދޭނީ 16:00 އިން 21:30 އާއި ދެމެދު ކަމަށް ފެމެލީ ކޯޓުން ބުނެއެވެ. ނަމަވެސް އޭޕްރީލް 13 އިން މެއި 19 އަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 21:45 އިން 22:45 އަށް ކަމަށާއި، އަދި ޖުލައި 16 އިން ޖުލައި 27 އަށް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 20:00 އިން 21:00 އަށް ކަމަށް ފެމެލީ ކޯޓުން ބުނެއެވެ.

މީގެ އިތުރުން އަންނަ އަހަރު ރޯދަ މަހު ރަސްމީ ގަޑީގައި ކައިވެނި ކޮށްދޭނެ ގަޑިތައް ފަހުން އިއުލާނު ކުރާނެ ކަމަށް ފެމެލީ ކޯޓުގެ މި އިއުލާނުގައި ބުނެފައި ވެއެވެ.

އަންނަ އަހަރުވެސް އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދިނުމަށް ފެމެލީ ކޯޓުން ނިންމި ނިންމުމަކީ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭން ފެމިލީ ކޯޓުން ނިންމި ދެވަނަ ފަހަރެވެ. މިއަހަރު ޖެނުއަރީ މަހު ފެމެލީ ކޯޓުން ވަނީ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށްދިނުމަށް ނިންމާ އެކަން އިއުލާނުކޮށްފައެވެ. ނަަމަވެސް އެ ކޯޓުގެ މި ނިންމުމާ އެއްގޮތަށް އަމަލު ނުކުރެވި ދިޔައީ ކޮވިޑް 19 އާއި ގުޅިގެން ލޮކްޑައުންއަކަށް ގޮސް، އޮންލައިންކޮށް ކައިވެނިކޮށްދޭން ފެށުމާއި ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް