ads
ފޮޓޯ ސީއެންއެމް
ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
މާލޭގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިރޭ 6:25 ހާއިރު އެކްސިޑެންޓު ހިނގާފައިވަނީ ބިލަންބޮންގް ސްކޫލު ކައިރިން އަމީނީ މަގު ހަތަރު އަނގޮޅި ކަންމަތީގައެވެ. 

މި ހާދިސާގައި ދެ ވެހިކަލަށް ވެސް ބޮޑެތި  ގެއްލުންތަކެއް ވަނީ ލިބިފައެވެ. 

އެކްސިޑެންޓު ވެފައިވާ ކާރަކީ 1313 ގެ ޓެކްސީއެކެވެ. 

ސައިކަލުގެ ބައެއް އޮތީ ކާރުގެ ކުރީ ބަފަރު ދަށުގައެވެ. 

މި އެކްސިޑެންޓުގައި މީހަކަށް އަނިޔާވިކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް