ads
ހިޔާ ފްލެޓްތައް--
ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދީފައިވާ ގޮތަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުސަތެއް
"ހިޔާ" މަޝްރޫއުގެ ފްލެޓުތަކުގެ ވަގުތީ ލިސްޓު އިއުލާނުކޮށްފައިވާ ކެޓަގަރީތަކުގައި ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގައި ޕޮއިންޓް ދީފައިވާ ގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުސަތެއް ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީން ދީފިއެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ކުރި އިޢުލާނުގައި، އެކި ކެޓަގަރީތަކަށް ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައިވާ އުސޫލުތަކުގެ ތަފްސީލު ވެސް ހިމަނުއްވާފައިވެއެވެ.

‎އެގޮތުން، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން އިއުލާނުކުރައްވާފައިވާ "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުސަތެއް ހުޅުވައިލައްވާފައި ވަނީ 2020 ޑިސެންބަރު 30 ވަނަ ދުވަހުން ފެށިގެން 2021 ޖަނަވަރީ 5 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ. މިއީ ޝަކުވާ ހުށަހެޅުމަށް ހުޅުވައިލެވޭ ދެވަނަ ފުރުަސަތު ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން ކޮމިޓީއިން، މި ފަހަރު ރިއާޔަތް ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި "ދިރިއުޅުމުގެ ހާލަތު" ބަޔަށް ޕޮއިންޓް ދެވިފައިވާގޮތާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކަށް އެކަނި ކަމަށް އެ ކޮމިޓީއިން ބުނެއެވެ. މިކަމާގުޅޭ އިތުރު މައޫލޫމާތު ހޯއްދެއްވުމަށް 3010718 އަށް ގުޅުއްވުމަށް ވެސް އެ ކޮމިޓީން ކުރި އިއުލާނުގައި އެދިފަވެއެވެ.

‎ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީއިން އާއްމުކޮށްފައިވާ އިއުލާނުގައި، ކޮމިޓީއަށް ހުށަހެޅިފައިވާ ޝަކުވާތައް ބަލައި، ލިޔުމުން ޖަވާބުދާރީވަމުން ގެންދިއުމުގެ އިތުރުން، ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ ބަޔަށް ޝަކުވާ ހުށަހެޅުމަށްޓަކައި އިތުރު ފުރުސަތެއް ހުޅުވާލެވިފައިވާތީ، ކޮމިޓީއިން ދިރާސާކޮށްފައިވާ ކެޓަގަރީތަކުން ދާއިމީ ލިސްޓުތައް އާންމުކުރުމަށް ހަމަޖެހިފައިވަނީ ހުރިހާ ޝަކުވާއެއް ބަލައި، ލިޔުމުން ޖަވާބުދީ ނިމުމުން ކަމަށް އެ ކޮމިޓީއިން ހާމަކުރައްވައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް