ads
ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސީއެންއެމް
ދުވާފަރުގައި ރުގްޔާ ކުރުމޭ ކިޔައިގެން ކުރީ ޖިސްމާނީ އަދި ޖިންސީ އަނިޔާ: ޕީޖީ
ރ. ދުވާފަރުގައި ރުގްޔާ ކުރުމޭ ކިޔައިގެން ކުރީ ޖިސްމާނީ އަދި ޖިންސީ އަނިޔާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް މިހެން ވިދާޅުވީ މި މައްސަލައިގެ ތުހުމަތު ކުރެވޭ ދެމީހުންނަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް އެ މައްސަލަ ޕީޖީން ފޮނުވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން ޝަމީމް ވިދާޅުވީ ރުހުމާ ނުލާ ގަޔަށް އަތްލައިގެން ފަރުވާ ކުރުމަކީ ދީންވެސް ގާނޫނުވެސް ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި މި މައްސަލައިގައި ޖިންސީ ކުށުގެ ގާނޫނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކޮށްފައިވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވަނީ އަނިޔާ ލިބުނު އަންހެން މީހާގެ ފިރިމީހާ އަދި ކުދިންގެ ދޮން ބައްޕަ، ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއީލް ވަހީދުގެ މައްޗަށާއި، ރުގްޔާ ކުރަން ކަމަށް ބުނެ އައި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށެވެ. 

އެގޮތުން ޕީޖީން ވަނީ އިސްމާއީލް ވަހީދުގެ މައްޗަށް ފަސް ދައުވާއެއް އަދި މުހައްމަދު އަސީލްގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް