ads
ނިޔާމަ ރިސޯޓް--
ނިޔާމަ ރިސޯޓަށް އަރާ ފޭބުން މާނާކޮށްފި
ނިޔާމަ ރިސޯޓުން ގިނަ އަދަދެއްގެ ކޮވިޑް ކޭސްތަކެއް ފެނި ރަށަށް އަރާ ފޭބުން މަނާކޮށްފި އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެ ރިސޯޓު މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށާއި ރަށަށް އަރާ ފޭބުން މަނާ ކުރެވިފައިވަނީ ކޮވިޑް-19 އަށް ހަތް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެންކަމަށެވެ. 

އެގޮތުން އެ ރިސޯޓުން ވަނީ ދެ ޓުއަރިސްޓުންނާއި ފަސް ސްޓާފުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން ދެ ޓުއަރިސްޓުންނާއި ތިން ސްޓާފުން ޓެސްޓްކުރެވިފައިވަނީ ބަލީގެ އަލާމަތްތަށް ހުރެގެންނެވެ. އަދި އިތުރު ދެ ސްޓާފުންނަކީ އެ މީހުންނާއި ކޮންޓެކްޓުވި މީހުންގެ ތެރެއިން ޓެސްޓް ކުރެވުނުއިރު ޕޮޒިޓިވްވި މީހުން ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"މިހާތަނަށް ޖުމުލަ 17 ސާމްޕަލެއް ވަނީ ޓެސްޓް ކުރެވިފަ. އޭގެ ތެރެއިން ހަތް މީހުން ޕޮޒިޓިވް ވެފައި މިވަނީ ރިސޯޓް މިވަގުތު މޮނިޓަރިންގައި އޮތުމާއިއެކު އެރަށަށް ސްޕްލިޓް ސްޓޭ ހެދުމާއި ސްޓާފުން އެކި ތަންތަނަށް ދިއުންވެސް މިވަގުތު މިވަނީ ހުއްޓިފަ. " ޑރ. ނަޒްލާ ރަފީގް ވިދާޅުވިއެވެ.

އެޗްޕީއޭއިން މިވަގުތު ދަނީ އެ ރަށުން ރެންޑަމް ސާޕްލަތަށް ނެގުމުގެ އިންތިޒާމްތައް ދ. އަތޮޅު ހޮސްޕިޓަލް އާއި އަދި ނިޔާމަ ރިސޯޓް އާއި ގުޅިގެން ހަމަޖައްސަމުނެވެ. އަދި މާދަމާ ރެންޑަމް ސާމްޕަލްތައް ނަގާ ޓެސްޓް ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް