ads
އަމީތާބު ޒުވާން އިރު ފޮޓޯ އެއެ.
މައިކަލް ޖެކްސަން ކޮޕީކުރަން އުޅުނިން: އަމީތާބު
ބޮލީވުޑްގެ މެގަ ސްޓާ އަމީތާބް ބައްޗަން މައިކަލް ޖެކްސަން ޑާންސްތައް ކޮޕީ ކުރަން އުޅުނު ނަމަވެސް އެކަން ނުވި ކަމަށް އޭނާ ބުނެފިއެވެ.

އަމީތާބުގެ ފިލްމް "ގަންގާ ޖަމުނާ ސަރަސްވަތީ" ޝޫޓިންގައި މަޝްހޫރު ޕޮޕް ލަވަ ކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ޑާންސް އެއް ކޮޕީ ކުރަން ޖެހުނު ކަމަށް އަމީތާބު ބުނެއެވެ. ނަމަވެސް އެތައް ދުވަހެއް ވަންދެން ފަރިތަކުރުމުން ވެސް މައިކަލްގެ ޑާންސް ސްޓެޕްތައް ކޮޕީ ކުރެވިފަނުވާކަމަށް އޭނާ ބުނެއެވެ.

ފިލްމް "ގަންގާ ޖަމުނާ ސަރަސްވަތީ" އަކީ 1988 ވަނަ އަހަރު ރިލީސް ކުރި ފިލްމެކެވެ. އެ ފިލްމުން އަމީތާބާއި އެކު ފެނިގެންދަނީ މިތުން ޗަކްރަބޮތި އާއި މީނާކްޝީ ޝިޝަދްރީ އާއި އަމްރީޝް ޕުރީގެ އިތުރުން ނިރޫޕާ ރޯއި އެވެ. އަދި އެ ފިލްމް ޑައިރެކްޓްކޮށްފައިވަނީ މަންމޯހަން ޑެސައި އެވެ.

އަމީތާބު ސަމާސާ މިޒާޖަކަށް އިންސްޓަގްރާމްކުރި ޕޯސްޓަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

މިފަހުން ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް އަމީތާބަށް ފަރުވާދީފައިވެ އެވެ. ބަލިން ރަނގަޅުވެގެން ދޫކޮށްލިތާ މިހާރު ދުވަސްތަކެއްވެފައިވާއިރު މިދިޔަ ހަފުތާގެ ތެރޭގައި އޭނާ ވަނީ އަލުން ފިލްމުގެ މަސައްކަތް ވެސް ފަށާފަ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް