ads
މާފުށީގައި ހިންގާ ގެސްޓްހައުސްއެއް--
އިއްޔެ ހަތް ގެސްޓްހައުސް ހުޅުވަން ހުއްދަ ދިން، ޖުމްލަ 254 އަށް
އިއްޔެ ހަތް ގެސްޓްހައުސެއް ހުޅުވަން ހުއްދަ ދިނުމާއި އެކު، މިހާތަނަށް ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ ގެސްޓްހައުސްތަކުގެ އަދަދު 250 އަށް ވުރެ އިތުރުވެއްޖެ އެވެ.

އެހެންކަމުން ބޯޑަރު ހުޅުވާލި ފަހުން މާލޭ ސަރަހައްދުގެ 35 ގެސްޓްހައުސެއް ހިމެނޭ ގޮތަށް ޖުމްލަ 254 ގެސްޓްހައުސެއް ހިންގުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން މި ވަނީ ދޫކޮށްފަ އެވެ. އިއްޔެ ހަތް ގެސްޓްހައުސެއް ހުޅުވަން ހުއް ދަދިން ގޮތަށް ބަލައިލާ އިރު:

  • އައްޑޫ ހިތަދޫ: އެއް ގެސްޓްހައުސް
  • ލ. ގަން: ދެ ގެސްޓްހައުސް
  • ކ. މާފުށި: އެއް ގެސްޓްހައުސް
  • ކ. ހިންމަފުށި: އެއް ގެސްޓްހައުސް
  • ހުޅުމާލެ: ދެ ގެސްޓްހައުސް

މިހާތަނަށް ހިންގުމަށް ހުއްދަދިން 254 ގެސްޓްހައުސާއި އެކު، އިއްޔެގެ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ގެސްޓްހައުސްތަކުގެ 4،982 އެނދު ހުޅުވައިލެވިފައިވެ އެވެ.

ބޯޑަރު ހުޅުވާލި ފަހުން ޓޫރިޒަމް މިނިސްޓްރީން ވަނީ އޮކްޓޯބަރު 15 އިން ފެށިގެން އަލުން ގެސްޓްހައުސްތައް ހުޅުވާލުމަށް ހުއްދަ ދޭން ފަށައިފަ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ގެސްޓްހައުސްތައް ހުޅުވާލުމަށް ހުއްދަ ދޫކުރަމުން ދަނީ ވަކި އުސޫލުތަކެއްގެ ތެރެއިންނެވެ.

މި މަހުގެ މެދުތެރޭ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވައިލުމަށް ހުއްދަ ދިނުމާއި އެކު، ރާއްޖޭގެ ހުރިހާ ގެސްޓްހައުސެއް ހުޅުވުމުގެ ހުއްދަ މިވަނީ ދެވިފަ އެވެ.

ގެސްޓްހައުސެއް ހުޅުވުމުގެ ކުރިން ވަކި ކަންތައްތަކެއް ފުރިހަމަކޮށް ޓޫރިޒަމް މިނިސްޓްރީ އަށް އެސްއޯޕީއެއް ހުށަހަޅަން ޖެހޭއިރު، މިނިސްޓްރީން ހުއްދަ ދޫކުރަނީ އެ އެސްއޯޕީތަކަށް ބެލުމަށް ފަހުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް