ads
ޑރ. ޖަމީލް--
އަހަރު ނިންމާލި އިރު ސަރުކާރުން ވަނީ ރައްޔިތުން ހާލުގައި ޖައްސާފައި: ޖަމީލް
އަހަރު ނިންމާލި އިރު ސަރުކާރުން ވަނީ ރައްޔިތުން ހާލުގައި ޖައްސާފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އަހަރެއް ނިންމާލީ ސަރުކާރުން ހުސް ވާހަކަ ދެއްކުމުގައި ކަމަށާއި އެންމެން ހާލުގައި ޖެހިއްޖެ ކަމަށް ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން މަސްވެރިންނަށްވީ ވައުދު ފުއްދަން ސަރުކާރުން ދެކޮޅުވެފައިވާ ކަމަށާއި ހުޅުމާލޭގައި އެންމެ ގާކޮޅެއް ވެސް އަލަށް ނުބޭއްވޭ ކަމަށް ޖަމީލް ވިދާޅުވި އެވެ.

މުޅި ސަރުކާރުގެ ކުންފުނިތައް ބަވަނަވީ ކޮރަޕްޝަނުން ކަމަށާއި ފަސް އަހަރު ވެރިކަން ކުރެއްވި ރައީސް ޔާމީން އަދިވެސް ވީ ޖަލުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  

ބޮޑު ދެ މުޖްރިމުން ގޭގައި ތިއްބެވި ކަމަށާއި އެސެޓް ރިކަވަރީގެ ނަމުގައި ހެދި ކޮމިޝަނަށް އަދިވެސް އެއްވެސް އެސެޓެއް ރިކަވާ ނުކުރެވޭ ކަމަށް ޖަމީލް ވިދާޅުވި އެވެ. 

އޭގެ އިތުރުން އެއްވެސް މަރަކަށް އިންސާފު ނުލިބޭ ކަމަށާއި ރީތި ނަމުގެ ބަދަލުގައި އަހަރު ނިމުނު އިރު ރައީސަށް ނެންގެވެން އޮތީ ހުސް "ބްލޭމް" ކަމަށް ޖަމީލް ވަނީ ޓުވީޓުގައި ވިދާޅުވެފަ އެވެ.

ޖަމީލް ވަނީ ދާދި ފަހުން އިދިކޮޅުން "ވިސްނާ" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވެސް ވަރަށް ބޮޑަށް ސަރުކާރާއި އެމްޑީޕީއަށް ފާޑުވިދާޅުވެފަ އެވެ. 

އެގޮތުން އެމްޑީޕީގެ އަދުލުގެ ނިޒާމުން ދުވަނީ ވަހުޝަތުގެ ނުބައި ވަސް ކަމަށާއި، އަދުލު އިންސާފަށް މިއަދު އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީ އެމްޑީޕީގެ ބޮޑުންގެ ވަހުޝަތު ކަމަށް ވިދާޅުވި އެވެ.

މިހާރު އިދިކޮޅު ފަޅީގައި ހުންނަވައިގެން ޔާމީނުގެ ވަކީލުކަން ކުރައްވަމުންދާ ޖަމީލަކީ ޔާމީނުގެ ފުރަތަމަ ނައިބު ރައީސެވެ. ނަމަވެސް އޭރު ސަރުކާރުން ބޭނުންވެގެން ޖަމީލް މަގާމުން ދުރުކުރި އެވެ.

އޭގެ ފަހުން ޖަލަށް ދާން ޖެހިދާނެ ކަމުގެ ބިރަށް ޔާމީނުގެ ވެރިކަން ނިމެންދެން ޖަމީލް ހުންނެވީ އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް