ads
މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
"ރައީސްއަށް މަލާމަތް ނުކުރޭ، ކީރިތި ކުރައްވަފާނެ: ޝިޔާމް
ރައީސް ސޯލިހު އަށް މަލާމާތް ނުކުރެއްވުމަށާއި އެހެން ނޫނީ ރައީސް ކީރިތި ކުރައްވަފާނެކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިދާޅުވި އިކޮނޮމިކް ބޫމް އައިސްފި ކަމަށް ބުނެ ދައުލަތު މީޑިއާ ޕީއެސްއެމްއިން ލިޔެފައިވާ ރިޕޯޓަކަށް ފާޑުވިދާޅުވެ ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ފަތުރުވެރިކަން އިޔާދަކުރަން ސަރުކާރުގެ ޕްރެކްޓިކަލް ސިޔާސަތެއް އަދި އެޅި ހަރުދަނާ ފިޔަވަޅެއް ވެސް ނެތް ކަމަށާއި އެގޮތުން ފަތުރުވެރިކަން އިޔާދަކޮށްދެނީ އެ ސިނާތުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންނަ ހަރުދަނާ ގުޅުމުގެ ސަބަބުން ކަމަށް ޝިޔާމް ވަނީ ވިދާޅުވިއެވެ.

ޕީއެސްއެމް އިން ރައީސް ސޯލިހު އަށް މަލާމާތް ނުކުރެއްވުމަށާއި އެހެން ނޫނީ ރައީސް ކީރިތި ކުރައްވަފާނެ ކަމަށް ޝިޔާމް ވިދާޅުވެ ޝިޔާމް ވަނީ މަލާމާތް ކުރައްވާފައެވެ.

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އަލުން ބޯޑަރު ހުޅުވާލީ މިދިޔަ މަހުގެ 15 ދުވަހުއެވެ.

އެންމެފަހުން ޕީޕީއެމުން 'ހެލާ' ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، އިދިކޮޅު ކޯލިޝަނުގެ ތަރުކަމާން ހީނާ ވަލީދު ވެސް ވަނީ ރައީސް ސާލިހަށް ފާޑުކިއަމުން އެމަނިކުފާނަށް ކުރެވޭނެ ކަމަކީ ފިލްމު ޕްރޮޑިއުސް ކުރުމާއި ރުއިންކަމަށް ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ފިލްމީ ދާއިރާގެ އިސްވެރިންނާއި، ފަންނާނުން ގެންދަނީ އިދިކޮޅު ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. 

އެގޮތުން ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެ އަށް ދެ ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި މިއަހަރުގެ ޖެނުއަރީން މި މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ފަސް ލައްކަ އަށް ވުރެ މައްޗަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް