ads
ލިވަޕޫލްގެ ކޯޗް ކްލޮޕް
ނިއުކާސްލް އާއި ލިވަޕޫލްގެ މެޗު އެއްވަރުވެއްޖެ
ޕްރިމިއަ ލީގުގައި ނިއުކާސްލްއާ ލިވަޕޫލް މެޗު އެއްވަރު ވެއްޖެއެވެ. ލިވަޕޫލާއި ނިއުކާސްލްގެ މެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ.

ނިއުކާސަލްއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވުމުގެ ސަބަބުން ޓޭބަލްގެ އެއްވަނައިގަ ލީޑު ފުޅާ ކުރަން ލިވަޕޫލަށް ލިބުނު ފުރުސަތުވަނީ ގެއްލިފައެވެ. ތެއްތިރީސް ޕޮއިންޓާ އެކު އެއްވަނައިގަ ލިވަޕޫލް އޮތް އިރު ދެވަނައިގަ އޮތް ޔުނައިޓެޑަށް އެއް މެޗު މަދުން ކުޅެ ތިރީސް ޕޮއިންޓް ލިބިފައިވެއެވެ. ލިވަޕޫލް ސޯޅަ މެޗު ކުޅުނު އިރު ޔުނައިޓެޑް ކުޅެފައިވަނީ ފަނަރަ މެޗެވެ.

ޔުނައިޓެޑު ދެން ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ޕޮއިންޓްގެ ގޮތުން ލިވަޕޫލާ އެއްވަރުވާނެއެވެ. ޔުނައިޓޭޑް ހަފުތާ ބަންދުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ އެސްޓަންވިލާއާ ދެކޮޅަށެވެ. މި މެޗުން ޔުނައިޓެޑަށް ތިން ޕޮއިންޓް ލިބިއްޖެ ނަމަ ޕޮއިންޓްގެ ގޮތުން ދެ ޓީމު ހަމަހަމަ ވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް