ads
ސުޕާރި ކެއުމަކީ އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެއް
ހިޔާލު: ދިވެހިރާއްޖެ އަށް ސުޕާރި އެތެރެކުރުން މަނާކުރަން ޖެހޭ!
ސުޕާރީއަކީ ފޯކުގެ ބާވަތެކެވެ. ފޯކަކީ ތަހުޒީބު ވެފައިވާ ގައުމުތަކުގައި މަސްތުވާތަކެތީގެ ބާވަތެއްގެ ގޮތުގައި ކެޓަގަރީ ކޮށްފައިވާ ބާވަތެކެވެ. ނަމަވެސް ދިވެހިރާއްޖޭގައި ސްކޫަލަށް ދާ ކުދިން ޖީބު ފުރާ ސުޕާރި އަޅައިގެން ދިޔަސް އެއީ 'ކަމެއް ނޫން' ކަމަށް ދެކޭ މީހުންގެ އަދަދުވެސް މަދު ނުވާނެކަން ޔަގީނެވެ.

ސުޕާރީގެ ބަހުސް އަނެއްކާ ވެސް ހޫނުވީ ރާއްޖެއަށް އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލުމަށްފަހު އެއްލާލާ ޕްލާސްޓިކުގެ ބާވަތްތައް އެތެރެކުރަން ހުއްޓާލުމާއެކު ސުޕާރި ވެސް އެތެރެކުން "މަނާވީތޯ" ސުވާލު އުފެދުނެވެ. 

ނަމަވެސް ސުޕާރި ކެއުމަށް ދެވި ހިވާފައިވާ ޒުވާނުން ބުނަނީ އެމީހުން ބިއްލޫރި ފުޅިއާއި، ދަނގަޑު ދަޅައް އަޅައިގެން ނަމަވެސް ސުޕާރި ކާނެކަމަށެވެ. 

ބައެއް މީހުން ބުނާގޮތުން ދިވެހިރާއްޖެ ތިމާވެއްޓާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކަށްވުރެ 'ސުޕާރީގެ' އަޑު މާ ގަދައެވެ. 

މިނިސްޓްރީ އޮފް ހެލްތުން 2018 ވަނަ އަހަރު ކުރި ދިރާސާއެއްގައި ބުނެފައިވާގޮތުން ޒުވާން އުމުރުގައި ކުދިން ދުފުމުގެ ތެރެއަށް ދެވި ހިފުވަނީ ސުޕާރި ކެއުމުގެ ތެރެއިން ނެވެ. އަދި ކުދިންނަށް ދުފުމުގެ ތެރެއަށް ވަންނަނީ ރަހުމަތްތެރިންގެ ކިބައިންނާއި، ގޭތެރޭގައި އެތަކެތި ފަސޭހައިން ލިބޭނެ ގޮތް ހުރުމުންނެވެ. 

ގިނަ ދިވެހިން ދުފުމުގެ ނުބައި އާދައިގެ ތެރެއަށް ވަނައިރު 18 އަހަރު ވެސް ނުފުރެެވެ.

އޮސްޓްރޭލިއާގެ އަލްކަހޯލް އެންޑް ޑްރަގް ފައުންޑޭޝަނުން ބުނެފައިވާގޮތުން، ދުފުމަކީ ދެވި ހިފާ ކަމެކެވެ. އަދި އެއްވެސް މިންވަރަކަށް ފޯކާއި ބިލަތް ބޭނުންކޮށްގެން މަސްތުވުމަކީ ބޮޑެތި ގެއްލުންތަކެއް ވާކަމެއްކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. 

ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ތިން ހަތަރު ފަހަރެއްގެ މަތިން ދިވެހި ރާއްޖޭގައި ދުންފަތުގެ އަގު ބޮޑުކޮކުރިއެވެ. އޭނާޖީ ޑްރިކުތަކުގެ އަގު ދެ ފަހަރަކު ބޮޑު ކުރިއެވެ. 

ކުރިން 18 ރުފިޔާއަށް ވިއްކަމުން ދިޔަ ސިނގިރޭޓް ފޮއްޓެއްގެ އަގު މިހާރު ހުރީ ގާތްގަނޑަކަށް 100 ރުފިޔާގައެވެ. އަދިވެސް ސުޕާރި ފޮއްޓެއް 18 ރުފިޔާއަށް އލިބެއެވެ. އަދި ދުފުމަކީ ބޮޑެތި ގެއްލުން ސިއްހީގޮތުން ވެސް ހުރި ކަމަކަށް ވާއިރު، ސުޕާރި ފޮށީގެ ބޭރުގައި މަންޒަރު ޖަހައި އެކަން ސަމާލުކަމަށް ވެސް ގެނެސްފައެއް ނުވެއެވެ.

ކަން މިހެން އޮތްއިރު، މަސްތުވާ ބާވަތެއްގެ ގޮތުގައި ތަހުޒީބު ގައުމުތަކުން ދެކޭ ފޯކާއި، ސުޕާރި ވެސް އެއީ މަސްތުވާ އެއްޗެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ލިސްޓުކޮށް ރާއްޖެއަށް ސުޕާރި އެތެރެކުރުން މަނާކުރަންޖެހެއެވެ. 

ކުދި ޕްލާސްޓިކު ކޮތަޅުތަކުގައި ދިވެހިރާއްޖެއަށް ސުޕާރި ކޮތަޅު އެތެރެކުރުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމެވި ނިންމެވުމަކީ އެކަމަނިކުފާނުގެ ވެރިކަމުގައި ނިންމެވި ނިންމެވުންތަކުގެ ތެރެއިން ގައުމަށް އެންމެ ބޭނުން ހިފޭނެ އަދި އޭގެން ނުހަނު ބޮޑު ފައިދާއެއް ކުރާނެ ނިންމެކެވެ. އެގޮތުން މަގުތަކާއި، ފަރުތަކާއި މޫދުގައި އޮތް ކުނީގެ ތަކުގެ ތެރޭގައި ގިނަ އަދަދަކަށް ސުޕާރި އެބަހުއްޓެވެ. އަދި މިއީ ދިވެހި ޒުވާނުންގެ ސިއްހަތައްވެސް ނުހަނު ބޭނުންތެރި ނިންމުމެކެވެ.

ދެން ނިންމަވަންވީ ފޯކަކީ މަސްތުވާ ތަކެތީގެ ބާވަތެއްކަމަށެވެ! 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް