ads
ނައިބު ރައީސް ފައިސަލް ނަސީމް--
"ސްކޫލުން ގެއްލުނު ދުވަސްތައް ހޯދަން އާ އަހަރާއެކު މަސައްކަތް ކުރޭ"
ކޮވިޑް-19 ގެ ސަބަބުން މި އަހަރު ތައުލީމީ ދާއިރާއިން ގެއްލިގެން ދިޔަ ދުވަސްތައް އަނބުރާ ހޯދުމަށް އާ އަހަރާއެކު އާ އަޒުމެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ކީރިތި ގުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތް 2020 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދަށްކަވަމުން ނައިބު ރައީސް ވިދާޅުވީ މި އަހަރު ކޮވިޑް-19 ގެ ސަބަބުން ތައުލީމީ ދާއިރާއިން ގެއްލިގެން ދިޔަ ދުވަސްތައް އަނބުރާ ހޯދުމަށް އާ އަހަރާއެކު އާ އަޒުމެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

މި ކަމުގައި ހުރިހާ ބެލެނިވެރިން ވެސް، ދަރިވަރުންނަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މި އަހަރުގެ މުބާރާތް ވާޗުއަލްކޮށް ކުރިއަށް ގެންދިއުމުގެ ކަންކަން އިންތިޒާމުކޮށް، މުބާރާތުގެ އެންމެހައި ކަންކަމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. 

ކީރިތި ގުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތް އިންތިޒާމުކޮށްފައި ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ވެސް މުބާރާތުގައި ބައިވެރިވެވޭ ގޮތަށް ކަމަށް ވާއިރު މިއީ މި ގޮތަށް މިފަދަ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. 

މި ރަސްމިއްޔާތުގައި މުޅި މުބާރާތުން އެއްވަނަ އަދި ދެވަނަ ހާސިލުކުރި ފަރާތްތަކަށް ނައިބު ރައީސް ވަނީ އިނާމު ހަވާލުކޮށްދެއްވާފައެވެ. އަދި ގުރުއާން ހިތުދަސްކުރި ފަސް ހާފިޒުންނަށް ވެސް އެ މަނިކުފާނު އިނާމު ހަވާލުކޮށްދެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް