ads
ޕީއެންސީ ގެފާރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ ޕީޕީއެމް
"މަސްވެރިން ޖެހުނީ އެމްޑީޕީގެ ނާނާ ހުވަފެންގެ ތެރޭގައި"
އެމްޑީޕީގެ ނާނާ ހުވަފެންގެ ތެރޭގައި މަސްވެރިން ޖެހިވަޑައިގެއްނެވި ކަމަށް ކުރީގެ ހައުސިންގް މިނިސްޓަރީގެ ޓެޕިއުޓީ މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ

މިއަދު ޕީއެންސީ ގެފާރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޒަރީރު ވިދާޅުވީ ޕީޕީއެމް އަކީ އެމީހުންގެ ސަރުކާރުގައި މަސްވެރިނަށް ވަރަށް އަދު ހުރި ގިނަގުނަ މަސައްކަތް ތަކެއް ކުރެއްވި ޕާޓީއެއްކަމަށާއި މަސްވެރި ކަމަކީ ދިވެހިރާއްޖޭގެ މަސްވެރިންގެ ލެޔާއި ގުޅުފައިވާ ކަމެށް ކަމަށް ޒަރީރު ވިދާޅުވިއެވެ.

މީގެއިތުރުން ގިނަ ބަޔަކަށް އާންދަނީ ލިބެނީ މަސްވެރިކަމުންކަމަށް ވާއިރު އަދިވެސް މަސްވެރިކަމުގެ ސިނާޔަތު އަދިވެސް އެންމެ ރަނގަޅަކަށް ތަރަށްގީ ނުވާކަމަށާއި އެހެން ނަމަވެސް މި ސިނާއަތު ކުރި އެރުމަށް ގިނަގުނަ މަސައްކަތްތަކެއް ރައީސް ޔާމީންގެ ސަރުކާރުގައި ކޮށްފައިވާނޭކަމަށް ޒަރީރު ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީއިން 2018 ގެ ރިޔާސީ އިންތިހާބުގައި މޮޅެތި ވާހަކަ ދައްކާ އެ މީހުންގެ ނާނާ ހުވަފެންގެ ތެރޭގައި މަސްވެރިން ވެއްދިކަމަށާއި ނަމަވެސް މިޔަދު މި ފެނިގެންދަނީ މި ސަރުކާރުން މަސްވެރިން ވަރަށް ބޮޑައް ނިކަމެތި ކުރައްވާފައި ތިބި މަންޒަރު ކަމަށް ޒަރީރު ވިދާޅުވިއެވެ.

އަދި އެމްޑީޕީއިން ވީ އެއް ބޮޑު ވައުދު ކަމަށްވާ ގެދޮށު މަސްފެކްޓަރީއަކީ ހަމަ އެކަނި ދައްކާލި ވާހަކަ އެއްކަމަށާއި އެއީ ހަގީގަތަކަށް ބަދަލްވެގެން ދާނެ އެއްޗެއް ނޫންކަމަށް ބުނެ ޒަރީރު ވަނީ އެންޑީޕީއަށް ފާޑު ވިދާޅުވެލައްވާފައެވެ.

މީގެ އިތުރުންވެސް ޒަރީން ވަނީ އެމްޑީޕީއިން މަސްވެރިންނަށް ވެފައިވާ ބޮޑެތި ވައުދުތަކަށް އަލި އަޅުވާލާ އެ ވައުދުތަށް ނުފުށްދުމަކީ މަސްވެރިންނަށް ބޮޑު ނިކަމެތިކަމެށް ކަމަށް ވިދާޅުވެފައެވެ.

މިއަދު ޕީއެންސީ ގެފާރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ މަސްވެރިންގެ ކަންބޮޑުވުންތަށް ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ހީނާގެ އިތުރުން ކުރީގެ ހައުސިންގް މިނިސްޓަރީގެ ޓެޕިއުޓީ މިނިސްޓަރު ހަސަން ޒަރީރުވެސް ބައިވެރި ވަޑައިގެންފައި ވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް