ads
ފޮޓޯ:ރަސް އޮންލައިން
ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު ގުޅީފަޅުގައި ގާއިމު ކުރަން ކަނޑައަޅައިފި
ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު ކ. ގުޅީފަޅުގައި ގާއިމުކުރަން ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިއަދު ކަނޑައަޅުއްވައިފި އެވެ.

ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 48 ވަނަ މާއްދާގައި ގާއިމުކުރުމަށް ބަޔާންކުރާ ސެންޓަރެކެވެ.

ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު، އެތަން ހިންގުމަށް ހަމަޖެހިފައި ވަނީ ކަނޑައެޅިފައިވާ އިޖުރައާތްތަކުގެ ދަށުން، ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކާއެކު، އެ ތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، އެ ތަނަށް ގެންދެވޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމަށް ފަހުގަ ކަމަށް ނެޝަނަލް ޑްރަގް އެޖެންށީ (އެންޑީއޭ)އިން ބުނެއެވެ. 

ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން، އެ މީހުންގެ ބަންދުގެ މުއްދަތުގައި އެ ތަނުގައި ބައިތިއްބައިގެން، އެ މީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދެވެމުންދާނެ ގޮތަށް ހާއްސަކުރެވޭ މަރުކަޒެކެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ކަންކަން މެނޭޖުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި ކަމާ ގުޅުންހުރި ސަރުކާރުގެ އެހެން އިދާރާތަކުން ކޮވިޑްގެ-19 ސަބަބުން ހާއްސަ ފިޔަވަޅުތައް އަޅާފައިވާ ހާލަތުގައި މުޖުތަމައުގެ ތެރޭގައި ހުރި ތަފާތު މައްސަލަތައް ހައްލުކުރުމުގައި ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކުން ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް މިފަހުން ވަނީ އެދިވަޑައިގަންފައެވެ. 

ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު ގުޅިީފަޅުގައި ގާއިމުކުރުމަށް ނިންމާފައިވާއިރު މަސްތުގެ ވަބާގައި ޖެހިފައިވާ މީހުންނަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށާއި އެންޑީއޭއަށް އިސްލާހީ ބަދަލު ގެނައުމަށް ގޮވާލާ ސޯޝަލް މީޑިއާގައި ވެސް ދަނީ އަޑުއުފުލަމުންނެވެ.

"ނޭޝަނަލް ޑްރަގް އެޖެންސީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އެވެ. ނޭޝަނަލް ޑްރަގް އެޖެންސީއަކީ، ހޯމް މިނިސްޓްރީއާއި ގުޅިފައިވާ އަމިއްލަ ހައިސިއްޔަތެއް ލިބިގެން ހިންގުމުގެ މިނިވަންކަން ލިބިފައިވާ، ގަވާނިން ބޯޑެއްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފަ އެވެ.

އެ އެޖެންސީއަކީ، މަސްތުވާތަކެއްޗާބެހޭ ގާނޫނާއި، އެ ގާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެ ލަފާއާއި މަޝްވަރާގެ މަތިން ރައީސް ކަނޑައެޅުއްވުމުން، އެސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައިގަނޑު އިދާރާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް