ads
ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތައް ފަހު ސަރުކާރާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-
މަރާމާތަށްފަހު ފޮރިން މިނިސްޓްރީގެ އިމާރާތް ސަރުކާރާއި ހަވާލުކޮށްފި
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަރާމާތުގެ މަސައްކަތް ނިންމައި، އިމާރާތުގެ ތަޅުދަނޑި ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްދިޔަ އެމަސައްކަތުގައި، މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތްކުރީ ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުންނެވެ. ފޮރިން މިނިސްޓްރީން ޗައިނާއެކު އިމާރާތް މަރާމާތުކުރަން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެވެ.

އަދި އިމާރާތް މަރާމާތު ކުރެވެންދެން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ފޮރިން މިނިސްޓްރީ ހިންގަމުން ގެންދިޔައީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރީ ހަދާފައިވާ ވަގުތީ އިމާރާތުގައެވެ.

މިއަދު ފޮރިން މިނިސްޓްރީގެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތުގެ ރަމްޒީ ތަޅުދަނޑި ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އެވެ. އަދި ސަރުކާރުގެ ފަރާތުން ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް