ads
ހުކުރު ނަމާދުގެ ތެރެއިން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދުނިޔެއަށް އުފަންވުމާއި މަރުވުމަކީ އިލާހީ ސުންނަތެއް: ހުތުބާ
ދުނިޔެއަށް އުފަންވުމާއި މަރުވުމަކީ އިލާހީ ސުންނަތެއް ކަމަށާޢި، މި އިލާހީ ސުންނަތުން އެކަކަށްވެސް އިސްތިސްނާވުމެއް ނުވާކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.

އެގޮތުން މި ބިންމަތީގައިވާ ކޮންމެ އެއްޗަކީ ފަނާވެ ވެތި ހިނގައިދާނެ އެއްޗެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ. އަދި ދިރުންލައްވާފައިވާ ކޮންމެ އެއްޗަކަށް މާތް ﷲ ވަނީ މަރުގެ ނިޔާ ކަނޑައަޅުއްވާފައި ކަމަށް ބުނެފައިވެއެވެ،

"ކޮންމެ ނަފުސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. ދެން ތިޔަބައި މީހުން އެނބުރި ރުޖޫއަ ކުރައްވާހުށީ، ތިމަންރަސްކަލާނގެ ހަޟްރަތަށެވެ"

ކިތަންމެ ބޮޑު މުއްސަންޖަކަށް ވީނަމަވެސް، ފަގީރަކަށްވީނަމަވެސް، ކުޑަކުއްޖަކަށް ނުތަވަ ބޮޑު މީހަކަށް ވީނަމަވެސް، އަދި ކިތަންމެ ދިގު މުއްދަތަކަށް ދުނިޔޭގައި އުޅުން ކަމަށް ވީނަމަވެސް، އެމީހާ ކިތަންމެ ވަރުގަދަ ތަނެއްގައި ބަންދުވެ ހުރިނަމަވެސް އެ މީހާ މަރުން ސަލާމަތް ނުވާނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.

އެގޮތުން އިންސާނާއާއި އެންމެ ކައިރީގައިވާ އެއްޗަކީ މަރު ކަމަށާއި، އިންސާނާއާއި އެންމެ ދުރަށް ދުވެފައިވާ އެއްޗަކީވެސް މަރުކަމަށް މިއަދުގެ ހުތުބާގައި ވެއެވެ.

ހަމަމިއާއެކު، ގިނަގިނައިން މަރު މަތިން ހަނދާން ކުރުމަށް މާތް ނަބުއްޔާ އުއްމަތަށް އިރުޝާދު ދެއްވިކަން މިއަދުގެ ހުތުބާގައި ފާޙަގަ ކުރައްވާފައިވެއެވެ. އަދި އިލްމުވެރިން ވިދާޅުވާ ގޮތުގައި މުއުމިން އަޅާ ގިނަގިނައިން މަރުމަތިން ހަނދާންކުރާނަމަ، ތައުބާވުމަށް އަވަސްވެގަތުމާއި، ފުދުއްތެރިކަމާ، އަޅުކަންކުރުމުގެ ޝައުގުވެރިކަން އެމީހަކަށް ﷲ މިންވަރު ކުރައްވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކިތައްމެ މާތް މަހުލޫގަކަށް ނަމަވެސް މަރުން ސަލާމަތް ނުވެވޭނެ ކަމަށާއި، އެހެން ކަމަށްވާ ނަމަ ލޮބުވެތި ނަބިއްޔާއަށް މަރުން ސަލާމަތް ވެވުނީސް ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ،

އިންސާނާ މަރަށް ހާޒިރު ކުރެވުމުން ވަރަށް ގިނަ ކަންކަން ހަނދާން ވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އޭނާ ވަށައިގެންވާ މީހުންފެނި، ވާހަކަ ދައްކަން ބޭނުންވާނެ ކަމަށާއި، ނުކުރެވި ހުރި ކަންކަން ކުރަން ބޭނުންވާނެ ކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް އެދުވަހުން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި ވާހަކައެއްވެސް ނުދެއްކޭނެ ކަމަށް ބުނެފައިވެއެވެ. އަދި ކުރިމަތިން ފެންނާނީ މަލާއިކަތްބޭކަލުންގެ ޖަމާއަތްތަކާއެކު މަލަކުލްމައުތުގެފާނު އޭނާގެ ފުރާނަ ހިތްޕަވަން ވަޑައިގަންނަތަން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އެވަގުތު އޭނާއާއެކު ވާނީ ހަމައެކަނި މި ދުނިޔެމަތީ އޭނާ ކުރި އަމަލުތައް ކަމަށް ބުނެފައިވެއެވެ.

އެއާއެކު ގިނަގިނައިން މަރުމަތިން ހަނދާން ކުރުމާއެކު، މާތް ﷲ ރުހިވަޑައިގަންނަވާ ގޮތުގައި ހަޔާތުގެ ދުވަސްތައް ވޭތު ކުރުމަށް ހުތުބާގައި އެދިފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް