ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން--
މިއަހަރުވެސް ޕީޕީއެމް އިން އެންމެ އިސްކަންދޭނީ ރައީސް ޔާމީން މިނިވަންކުރުމަށް
2021 ވަނަ އަހަރުވެސް އެންމެ ބޮޑު އިސްކަމެށް ޕީޕީއެމްއިންދޭނީ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމް އިން އާ އަހަރާ ދިމާކޮށް ނެރުނު ނޫސްބަޔާނެެއްގައި ބުނެފައިވަނީ ނިމިދިޔަ ދިޔަ 2020 ވަނަ އަހަރަކީ ވަރަށް އަނިޔާވެރިކަމާއެކު މިސަރުކާރުން ސިޔާސީ ހުކުމެއްކޮށް ޖަލުގައި ބަންދުކޮށްފައިވާ ދިވެހި ގައުމުގެ ތަރައްގީގެ ބާނީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ޕީއެންސީ ކޯލިޝަނުން ގިނަ މަސައްކަތްތަކެށް ކުރި އަހަރެއް ކަމަށެވެ. އެ ކުރަމުންދާ މަސައްކަތްތަށް ވަރުގަދަ ކުރުމުގެ ގޮތުން ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަވެ މެންބަރުން އިތުރުވެ ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ސިޔާސީ ހަރަކާތްތައް ފުޅާވެ ވަރުގަދަވެގެން ދިޔަކަމަށް ޕީޕީއެމްއިން ބުނެއެވެ.

މީގެ އިތުރުން ކޯލިޝަންގެ ސްޓިއަރިންގް ކޮމިޓީތައް އުފެދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރުކުރުވާލެވި ކޯލިޝަންގެ ސިޔާސީ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފެށިގެން ދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެށް ކަމަށާއި މި ފެށުނު 2021 ވަނަ އަހަރުވެސް އެންމެ އިސްކަންދޭނީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތަށާއި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށް ޕީޕީއެމްއިން ބުނެއެވެ. އަދި އެކަމައްޓަކައި ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިޔުމަކީ ވެސް ޕާޓީގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ޕީޕީއެމްއިން ބުނެއެވެ.

އަދި ނިމިދިޔަ 2020 ވަނަ އަހަރު ވެގެންދިޔައި ދުނޔެއަށާއި މުޅި ދިވެހިރާއްޖެއަށްވެސް ވަރަށް ހިތްދަތިކަމާއި ނުތަނަވަސްކަން ކުރިމަތިކުރުވި އަހަރެެއްގޮތުގައި ކަމަށާއި ކޮވިޑް ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ލޮޅުންތަކާއި ދަތިތައް ރާއްޖެއަށްވެސް މި ވަނީ ކުރިމަތިވެފައި ކަމަށާއި މި ނިކަމެތިކަން ރައްޔިތުންނަށް އިތުރުވެގެންދިޔައީ މި ސަރުކާރުގެ ނާގާބިލްކަމާއި ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް ޕީޕީއެމްއިން ބުނެއެވެ.

އެހެން ކަމުން ދިވެހި އެތަކެއް ޒުވާނުންގެ ވަޒީފާގެއްލި ނިކަމެތިން ވަނީ އިތުރުވެފަކަމަށައި އެތަށް ބައެއްގެ ގެދޮރު ގެއްލިފަވާކަމަށްވެސް ޕީޕީއެމްއިން ބުނެއެވެ.

މިސަބަބުތަކާ ހުރެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަލުކުރުމަށް ފުރިހަމަ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށާއި ވެފައިވާ ވައުދުތައް ފުއްދުމަށް މިސަރުކާރަށް ޕީޕީއެމް ވަނީ ގޮވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް