ads
ކޯސްޓު ގާޑް
'2020 ގައި ރާއްޖެ ސަރަހައްދުން 20 ކަނޑު އުޅަނދެއް ހިފަހެއްޓި'
އެކި މައްސަލަތަކާއި ގުޅިގެން 2020 ގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން 20 އުޅަނދެއް ހިފަހައްޓާފައިވާކަމަށް ކޯސްޓު ގާޑުގެ ކޮމާންޑް ކާނަލް މުހައްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ  ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުުން ކާނަލް ސަލީމް ވިދާޅުވީ ކޯސްޓު ގާޑައި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ތަފާތު އެކިއެކި އޮޕަރޭޝަންތަކެއް މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވިގެން ދިޔަކަމަށާއި އަދި މި އޮޕަރޭޝަންތަކުން ކާމިޔާބުކަމާއި އެކު ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވި ހިފެހެއްޓިފައިވާކަމަށެވެ.

މީގެ އިތުރުން ކާނަލް ސަލީމް ރީޖަނަލް ޕާޓްނަރުންގެ އެއްބާރުލުން ވަނީ ފާހަގަކުރައްވާ ސްރީލަންކާ، އިންޑިއާ އަދި ރާއްޖެ ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ އެކިއެކި ބާވަތްތައް ބޮޑު އަދަދުން އަތުލައިގަނެވި ކާމިޔާބު ކަމާއިއެކު މިފަދަ އޮޕަރޭޝަންތައް ހިންގިފައިވާކަމަށް ކާނަލް ސަލީމް ފާހަގަކުރެއްވިއެވެ.

އަދި ގިނަ އޮޕަރޭޝަންތައް ކާމިޔާބު ކަމާއިއެކު ނިންމާލެވުނީ އެމެރިކާގެ ޑްރަގް އެންފޯސްމެންޓް އޭޖެންސީ ވެސް ހިމެނިގެން އިންޓަރްޕޯލް މެދުވެރިކޮށް މޯލްޑިވްސް ޕޮލިސް ސާވިސަސްއަށް ލިބުނު މައުލޫމާތުގެ އިތުރުން ކަސްޓަމްސްއަށް ލިބޭ މައުލޫމާތު ހިމެނޭގޮތަށް ހުރިހާ ލޯ އެންފޯސްމަންޓު އިދާރާތައް ގުޅިގެން އޮޕަރޭޝަންތައް ހިންގުމުންކަމަށް ވެސް ކާނަލް ސަލީމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހުރިހާ އިދާރާތައް ގުޅިގެން މިފަދަ އޮޕަރޭޝަންތައް ހިންގާނެކަަމުގެ ޔަގީންކަން ކާނަލް ސަލީމް ވަނީ އަރުވާފައެވެ. އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަމަށް ކޯސްޓް ގާޑާއި ކަމާބެހޭ އިދާރާތަކުން ގުޅިގެން އަންނަނީ ތަފާތު އެކިއެކި އިދާރާތަކާއި ގުޅިގެން ފުޅާދާއިރާއެއްގައި ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށް ވެސް ކާނަލް ސަލީމް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް