ads
ފަރެސްމާތޮޑާގެ ވައިގެ ބަނދަރު ހަދަން ބޭނުންކުރާ ބައެއް އުޅަނދުފަހަރު--- ފޮޓޯ: އެމްޓީސީސީ
ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
ގދ. ފަރެސްމާތޮޑާގެ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެ މަޝްރޫއު ހިންގާ ސަރަހައްދު ތައްޔާރުކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އިއްޔެ ފަރެސްމާތޮޑާގެ ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގާ ސަރަހައްދު ތައްޔާރުކޮށް ނިމިފައިވާ އިރު، އެ މަޝްރޫއަށް ބޭނުންވާ އާލާތްތަކާއި އުޅަނދުފަހަރު އެ ރަށަށް ގެންގޮސްފައިވެ އެވެ.
ފަރެސްމާތޮޑާގެ ވައިގެ ބަނދަރު އަޅަން ހިއްކާފައިވާ ބިމުގައި 1.2 ކިލޯމީޓަރުގެ ރަންވޭ އެއް އަޅާއިރު، އެމްޓީސީސީ އާއި އެ ހަވާލުކުރި މަޝްރޫއުގައި ވައިގެ ބަނދަރުގެ ގިމަތަ އެއް އަޅާނެ އެވެ.

މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަނެއްގެ އިތުރުން ސާވިސް ރޯޑެއްވެސް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަދަން ހަވާލުކޮށްފައިވާ އެ ވައިގެ ބަނދަރު ހެދުމުގެ މަޝްރޫއު، ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ 10 ވަނަ ދުވަހު 144.8 މިލިއަން ރުފިޔާ އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް