ads
ކައިވެނި
ކައިވެނި ކުލަސްޓާއިން ޕޮޒިޓިވްވި އަދަދު 78 އަށް
ޑިސެމްބަރު މަހު 20 ވަނަ ދުވަހު ބޭއްވި ކައިވެނި ހަފްލާއާ ގުޅިގެން ޕޮޒިޓިވްވި މީހުންގެ އަދަދު 78 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކައިވެނި ކްލަސްޓާއާ ގުޅިގެން އިއްޔެ އިތުރު ހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެކްލަސްޓާއިން މިހާތަނަށް ޖުމްލަ 78 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މި ކްލަސްޓާގެ ކޮންޓެކްޓުންގެ ގޮތުގައި 200 އަށްވުރެ ގިނަ މީހުން ހިމެނޭ ކަމަށެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ހަވީރު ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއަކާ ގުޅިގެން އުފެދުނު މި ކްލަސްޓާއިން ފުރަތަމަ މީަކު ޕޮޒިޓިވްވީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އޭގެ ޖެހިގެން އައި ދުވަހު 12 މީހުން ޕޮޒިޓިވްވި އިރު، މިދިޔަ މަހުގެ 26 ގައި 22 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 

އަދި 27 ވަނަ ދުވަހު އަށް މީހަކު ޕޮޒިޓިވްވި އިރު، 28 ވަނަ ދުވަހު އިތުރު ތިން މީހަކު ޕޮޒިޓިވް ވިއެވެ. އެ ކްލަސްޓާއާ ގުޅިގެން 13 މީހުން މިދިޔަ އަންގާރަ ދުވަހު ޕޮޒިޓިވްވި އިރު، ބުދަ ދުވަހު ޕޮޒިޓިވްވީ އަށް މީހުންނެވެ. އަދި އިއްޔެ ވަނީ ހަތަރު މީހަކު ޕޮޒިޓިވް ވެފައެވެ. އެހެން ކަމުން މިހާރު މި ކުލަސްޓާއާ ގުޅިގެން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 78 އަރާފައެވެ.

ކައިވެނި ހަފްލާއަށް ހައި ރިސްކް މީހުންވެސް ގޮސްފައިވާ އިރު، ޕޮޒިޓިވް މީހުންގެ ތެރޭގައި ހައި ރިސްކް ހަތަރު މީހަކު ހިމެނެއެވެ. އަދި މި ކްލަސްޓާގައި ހިމެނޭ 10 އަހަރުން ދަށުގެ 15 ކުއްޖަކު ޕޮޒިޓިވްވެފައިވެ އެވެ.

އެޗްޕީއޭ އިން ވަނީ އެ ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އެ އެޖެންސީން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅައި، މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

މިފަދަ ހަފްލާތައް ބާއްވާ އިރު، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހާޒިރުވާ މީހުން މާސްކް އެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިނުގައިވާ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެދޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް