ads
މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ސަރުކާރުން ދެ އަހަރު ހޭދަ ކުރީ ގައުމު ފަނާ ކުރަން: ޝިޔާމް
މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގައި ގައުމު ފަނާ ކުރުން ނޫން ކަމެއް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

އާ އަހަރުގައި ސަރުކާރުގެ އަމާޒަކީ ގައުމު އަލުން އާރާސްތުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވުމާއި ގުޅިގެން ރައީސްގެ ވާހަކަފުޅަށް ފާޑުވިދާޅުވެ ޝިޔާމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ރައީސް ކުރެއްވި ހަމައެކަނި ކަމަކީ ގައުމު ފަސާދަކުރުމާއި ފަނާކުރުން ކަމުގައެވެ. އަދި މިކަން އަމިއްލަޔަށް ރައީސަށް ވިސްނިވަޑައިގެން އާ އަހަރު ގައުމު ބިނާކޮށް އާރާސްތުކުރެއްވުމުގެ ވަރުގަދަ އަޒުމު ކަނޑައެޅުއްވީތީ އުފާކުރައްވާ ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ.

އާ އަހަރު ފެށުމާ ގުޅިގެން ރައީސް ސޯލިހު ފޮނުއްވި ހިތާބުގައި ވިދާޅުވެފައިވަނީ 2020 ވަނަ އަހަރަކީ އަސާސީ އެތައް ހިދުމަތެއް ފުރިހަމަ ނުކުރެވި ތަކުލީފުތަކެއް ރައްޔިތުން ތަހައްމަލު ކުރަން ޖެހުނު އަހަރެއް ކަމުގައި ވާތީ އެކަންކަމުގެ ސަބަބުން ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ހިފަންވީ މިސްރާބު ސާފުވި ކަމަށެވެ. 

މި ފެށުނު އާ އަހަރަކީ ސަރުކާރުން ގައުމު ބިނާކޮށް އަސާސީ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ މަސައްކަތުގައި ގިނަ ފިޔަވަޅުތަކެއް އަޅާނެ އަހަރެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް