މި ސުވާލުގެ ކުރިން ލޭ ބުއިމަކީ ކޮންކަލަ ކަމެއްކަން ބަލާލުން މުހިންމެވެ. އެގޮތުން ލޭގެ ކުޑަ މިންވަރެއް ގާތްގަނޑަކަށް ދެތިން ސައި ސަމްސަލުގެ ލޭ ބުއިމަކީ އިންސާނާއަށް އެއްވެސް ގެއްލުމެއްވާ ކަމެއް ނޫނެވެ. އެއީ ސާފު އެއްވެސް ޖަރާސީމެއް އަދި ބައްޔެށް ނުހުންނަ ލޭ ކަމަށް ވާނަމަ އެކަންޏެވެ.
އެހެން ނަމަވެސް މާގިނައިން ލޭ ބޮއިފިނަމަ އެއީ ސިއްހަތަށް ވަރަށް ބޮޑަށް ނުރައްކާތެރިވެދާނެ ކަމަކެވެ. އެއީ ލެއަކީ ދަގަނޑުގެ މާއްދާ ގިނަ އެއްޗަކަށްވުމުގެ ސަބަބުން މި މާއްދާ ހަލާކު ކޮއްލަން ހަށިގަނޑަށް އުނދަގޫ ވާނެތީއެ ވެ. މީގެ އިތުރުން މާ ގިނައިން ލޭ ބޮއިފި ނަމަ ހެމޯކުރޮމޮޓޯސިސް ޖެހުމަށް ވެސް މަގުފަހިވެގެން ދާނެ އެވެ. އޭރުން މޭ ހަލާކުވެ ލޭގެ ޕުރެޝަރު ދަށްވެ ނާރުތައް މަސައްކަތް ކުރުމަށް ބުރޫ އަރާނެ އެވެ. އަދި ފުއްޕާ މޭ ތެރޭގައި ފެން އުފެދި ނޭނގި ހުރެ މީހާ މަރުވެގެން ދިޔުމަށް މަގުފަހިވެ އެވެ.
ލޭ ސެލްސް
ޖަނަވަރަކު އަމިއްލަ ލޭ ބުއިމަކީ ވެސް ކޮންކަހަލަ ކަމެއްތޯ އެއީ ބަލާލަން ރަނގަޅު ކަމެކެވެ. ބައެއް ޖަނަވާރުން، މިސާލަކަށް ލޭބޯ ވާ ކަލަހަ، އެއްޗެހީގައި ދަގަނޑު މާއްދާ ހަލާކުކޮށްލުމަށް ހުންނަނީ ގުދުރަތީ ގޮތުން ނިޒާމެއް އުފެދިފަ އެވެ. އެހެން ނަމަވެސް އިންސާނުން ނުވަތަ އެހެން ޖަނަވާރެއް އޭގެ އަމިއްލަ ލޭ މާ ގިނަ މިންވަރަކަށް ބުއިމަކީ ހަށިގަނޑަށް ނުރައްކާތެރި ވެދާނެ ކަމެކެވެ.
އިންސާނުން އެހެން ޖަނަވާރުންގެ ލޭ ބުއިމުން ކަރު ހިއްކުން ފިލާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެގޮތުން ކުރީ ޒަމާނުގައި ކަނޑު މަތީގައި ގިނަ ދުވަސް ވަންދެން ދަތުރު ކުރުމުގެ ސަބަބުން ކާނާ ހުސްވެގެން ވެލާ ކަހަލަ މޫދު ޖަނަވާރުގެ ލޭ ބޮއިގެން ބައެއް ފަޅުވެރިން ދުނިޔޭގައި ގަދަވެ ސަލާމަތުން އެބަ ތިއްބެވެ.
ލޭ
ނަމަވެސް އެއީ މަދު ފަހަރެއްގައެވެ. ގިނަ މީހުން ޖަނަވާރުގެ ލޭ ބުއިމުގެ ސަބަބުން ކަރު ހިއްކުން އިތުރަށް ބޮޑުވެގެން ދެއެވެ. އެހެން ކަމުން ސަހަރާއެއްގައި އެކަނި އެތައް ދުވަހެއް ގެއްލިގެން އުޅެން ޖެހުނަސް އަމިއްލަ ލޭ ބުއިމަކީ މީހާގެ ހާލަތު އިތުރަށް ގޯސް ވެގެންދާނެ ކަމެކެވެ. ދީނީ ގޮތުން ބެލި ނަމަވެސް ލޭ ބުއިމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.
އެހެންކަމުން ލޭ ބޮއިގެން އެއްވެސް ގޮތަކަށް ކަރު ހިއްކުމެއް ނުފިލާނެ އެވެ. ލޭ ބުއިމުން މީހާގެ ސިއްހީ ހާލަތު އިތުރަށް ދަށްވެ މަރުވުމަށް މަގުފަހިވެގެން ދާނެ އެވެ.