ads
ކެލާ ޕާކް--
ކެލާގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފި
ޔޫތު މިނިސްޓްރީގެ އިސް ނެގުމުގެ ދަށުން ހއ. ކެލާގައި ތަރައްގީ ކުރި ކުޑަކުދިންގެ ޕާކު އިއްޔެ އާއްމުންނަށް ހުޅުވާލައިފި އެވެ.

ޕާކު ހުޅުވުމާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވަނީ ޕާކު ތަރައްގީ ކުރުމުގައި މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި ކެލާ ކައުންސިލުން މިނިސްޓްރީއަށް ދެއްވި އެއްބާރުލުން ވަކިން ހާއްސަކޮށް ފާހަގަކުރައްވާފަ އެވެ. 

your imageކެލާ ޕާކް

މަހްލޫފު ވިދާޅުވީ ކެލާގައި ހުޅުވި ޕާކަކީ ޔޫތު މިނިސްޓްރީން ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ 36 ޕާކުގެ ތެރެއިން ޕާކެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ރަށްރަށުގައި 104 ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. 

ޕާކުތައް ތަރައްގީ ކުރުމުގައި ރަށުގެ އާބާދީއަށް ނުބަލާނެ ކަމަށާއި އަދި ތިމާވެއްޓާ ރަށްޓެހި ނިޒާމެއްގެ ތެރެއިން މި ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމަށް އެއްވެސް ރަށަކުން ގަހެއް ނުކަނޑާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް