ads
ފޮޓޯ: ހައްވާ އަމާނީ އަބްދުﷲ
އައްޑޫ ރޫޓް ފިހާރަ ފަޅާލާ ފައިސާތަކެއް ވަގަށް ނަގައިފި
އައްޑޫ ސިޓީގައި ހުންނަ ރޫޓް ފިހާރަ ފަޅާލާ،، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ މަރަދޫގައި ހުންނަ ރޫޓް ފިހާރަ ފަޅާލާ، ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ވަގަށް ނަގާފައިވާ މައްސަލައެއް ފަތިހު ހުށަހަޅާފައިވާ ކަމަށެވެ. 

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އައި ނަމަވެސް ވަގަށް ނެގީ ކިހާ ފައިސާއެެއްކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. 

ރޭގެ ވަގުތެއްގައި އައްޑޫ ރޫޓް ފިހާރަ ފަޅާލާފައިވާއިރު މީގެ ދެ މަހެއްހާ ދުވަސްކުރިން ވަނީ މާލޭގައި ހުންނަ ބޭންކް އޮފް ސިލޯން ކުރިމަތިން ރޫޓްގެ ފައިސާތައް ވެސް ފޭރެން މަސައްކަތްކޮށްފަ އެވެ. އެގޮތުން ކުންފުނީގެ 4.5 މިލިއަން ރުފިޔާ ބޭންކަށް ޖަމާކުރަން ގެންދިޔަ ވަގުތު ހެލްމެޓު އަޅައިގެން ސައިކަލުގައި އައި ބަޔަކު އެ ފޭރެން މަަސައްކަތްކުރިއިރު އެ މައްސަލައިގައި ހިމެނޭ ފަސް މީހެއްގެ މައްޗަށް ދައުވާކުރަން މިހާރު ވަނީ ފޮނުވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް