ads
ރާއްޖެ އައި ބައެއް ފަތުރުވެރިން ޖުމްހޫރީ މައިދާނުގައި--- ފޮޓޯ: ސަން
މިދިޔަ އަހަރު އެންމެ ގިނައީ ޔޫރަޕުން އައި ފަތުރުވެރިން
މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޔޫރަޕުގެ ގައުމުތަކުން 250،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު، އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ 45 އިންސައްތަ އަށް ވުރެ އިތުރު އަދަދެކެވެ.

ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިޔާއިންނެވެ. އެއީ 46،065 ފަތުރުވެރިންނެވެ. އިޓަލީއިން 45،645 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، ޔޫކޭ އިން 38،285 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

ފުރަބަންދަށް ފަހު ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން ވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެގޮތުން ރަޝިޔާއިން އެ މުއްދަތުގައި 31،800 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. ޔޫކޭ އިން ރާއްޖެއަށް 19،686 ފަތުރުވެރިން އައިސްފައިވާ އިރު، ޖަރުމަނުން 8،100 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ.

ޔޫރަޕުގެ ފަތުރުވެރިކަމުގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ އިރު، މިއަހަރު ރާއްޖެއަށް އައި އެންމެ ފުރަތަމަ ފަތުރުވެރިޔާ އަދި މިއަހަރު ރާއްޖެއަށް އައި ފަސްލައްކަވަނަ ފަތުރުވެރިޔާ އައިސްފައިވަނީ ވެސް ޔޫރަޕުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް