ads
ރައީސް ނަޝީދު: ފޮޓޯ މަޖިލިސް
މަޖިލީހުން އަންދާޒާ ކުރިވަރަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި: ނަޝީދު
މަޖިލީހުން އަންދާޒާ ކުރިވަރަށް މިދިޔަ އަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ރިޕޯޓުގައި މިދިޔަ އަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ މިންވަރު ކަމަށް ލަފާކޮށްފައި ވާނީ 450،000 އާއި 641،000 އާއި ދެމެދުގެ އަދަދެއް ކަމަށެވެ. 

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް 555،215 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. 

މިދިޔަ އަހަރަށް ސަރުކާރުން އަމާޒުހިފީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެކަމަށެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމާއިއެކު ރާއްޖެއަށް ޒިޔާރަތްކުރީ އެ އަދަދައްވުރެ 72.24 އިންސައްތަ ދަށް އަދަދެކެވެ. 

އެގޮތުން މާޗު މަހު ބޯޑަރު ބަންދު ކުރުމާއި ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރީ 382،762 ފަތުރުވެރިންނެވެ. އަދި ޖުލައި މަހު އަލުން ބޯޑަރު ހުޅުވާލިފަހުން އަހަރު ނިމުމާއި ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރީ 172،366 ފަތުރުވެރިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް