ads
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު--
ފުލުހުންގެ ގާނޫނަކީ ހިދުމަތް ލާމަރުކަޒު ކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެެއް: އިމްރާން
ފުލުހުންގެ ގާނޫނަކީ ފުލުހުންގެ ހިދުމަތް ލާމަރުކަޒު ކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސީއެންއެމަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި އިމްރާން ވިދާޅުވީ ފުލުހުންގެ ގާނޫނަށް ގެނައި ބަދަލުތަކަކީ ރައްޔިތުންނާ ކައިރިން ރައްޔިތުންނަށް ފަސޭހަކޮށް ހިދުމަތް ދިނުމަށް މަގުފަހިކޮށްދޭ ބަދަލުތަކެއް ކަމަށެވެ. 

"ފުލުހުންގެ ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން، ފުލުހުން ރައްޔިތުންނާ ކައިރިން، ރައްޔިތުންނަށް ފަސޭހަކޮށް ހިދުމަތް ދިނުމަށް މަގުފަހިކުރާ ގިނަ ކަންކަން ފުލުހުންގެ ގާނޫނަށް ގެނެވުނު ބަދަލުގެ ތެރެއިން ފެނިގެންދޭ. ވަކިން ހާއްސަކޮށް އަތޮޅު ތެރޭގައި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ތަރައްގީ ކުރުމަށް ވަރަށް ގިިނަ މަގުތަކެއް ފުލުހުންގެ ގާނޫނުން ފަހިކޮށްދީފައިވޭ،" އިމްރާން ވިދާޅުވި އެވެ.

އޭގެ އިތުރުން އަތޮޅު ތެރޭގައި ނެއިބަހުޑް ޕޮލިސިން ގާއިމް ކުރެވިގެން ދާނެކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ ފުލުހުންގެ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން އަތޮޅުތަކުގެ ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރެވޭނެ ކަމަށެވެ.

އެގޮތުން އެކި ސަރަހައްދުތަކުގައި ތިބޭ އިސް ކޮމާންޑަރުންގެ ލެވެލް މަތިކުރެވިފައިވާ ކުރެވުމަކީ އަތޮޅު ތެރޭގައި ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް ދީފައިވާ ބޮޑު އިސްކަމެއްގެ ގޮތުގައި އިމްރާން ފާހަގަކުރެއްވި އެވެ. 

މަސައްކަތް ލާމަރުކަޒު ކުރުމުގެ ވިސްނުމަކީ ފުލުހުންގެ ގާނޫނުން ގެނެސްފައިވާ އެންމެ މުހިއްމު އެއް ކަންތައް ކަމަށާއި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ސަރަހައްދީ ކޮމާންޑަރުންނަށް ނިންމުންތައް ނިންމުމުގެ ބާރު ލިބި، މަސައްކަތް އަވަސްވެގެން ދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ތަސްދީގު ކުރައްވާފައިވަނީ ޑިސެމްބަރު މަހު 27 ގައެވެ. އެގޮތުން މި ގާނޫނަށް އަމަލު ކުރުމަށް ނިންމާފައިވަނީ ގާނޫނު ގެޒެޓުގައި ޝާއިއު ކުރާތާ ތިން މަސް ހަމަވާ ތާރީހުން ފެށިގެނެވެ. 

މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ކުރިން އަމަލު ކުރަމުން އައި ފުލުހުންގެ ގާނޫނު އުވާލެވޭނެ އެވެ. އެހެންކަމުން މާޗް ފަހުކޮޅުގައި ކުރީގެ ގާނޫނު އުވިގެން ދާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް