ads
އެޓާނީ ޖެނަރަލްގެ އޮފީސް (އޭޖީ)-- ފޮޓޯ: އޭޖީ އޮފީސް
2020 ގައި އޭޖީ އޮފީހުން 841 މައްސަލައެއްގައި ގާނޫނީ ލަފާ ދިން
ފާއިތުވި 2020 ވަނަ އަހަރު އެޓާނީ ޖެނެރަލްގެ އޮފީސް (އޭޖީ) އިން 841 ކަމަކާ ގުޅޭ ގޮތުން ގާނޫނީ ލަފާ ދީފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

އެ އޮފީހުން މިއަދު އާންމު ކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރު ދައުލަތުގެ މުއައްސަސާތަކުން ޖުމްލަ 842 ކަމެއްގައި އޭޖީގެ ލަފަޔަކަށް އެދިފައިވެ އެވެ. 

އޭޖީ އޮފީހުން ލަފާދިން މައްސަލަތައް އެހަ ބަޔަކަށް ބަހާލާފައި ވާއިރު އެއީ އެއްބަސްވުންތަކުގައި ސޮއި ކުރުމާއި ގުޅޭ 267 މައްސަލަ އާއި ގަވާއިދުތަކާ ގުޅޭ ގޮތުން ލަފާ ދިން 102 މައްސަލަ އެވެ. 

އޭގެ އިތުރުން އުސޫލުތަކާ ގުޅޭ ގޮތުން 40 ކަމެއްގައި ލަފާ ދީފައިވާ އިރު، ބިލު ތަސްދީގު ކުރުމާ ގުޅޭ ގޮތުން 34 މައްސަލައަކާއި، މުއާހަދާތަކާ ގުޅޭ ގޮތުން ހަތް ކަމެއްގައި ލަފާ ދިނުމުގެ އިތުރުން އެހެނިހެން 391 ކަމެއްގައި އެ އޮފީހުން ލަފާ ދީފައިވެ އެވެ.

އޭޖީ އޮފީހުން ވަނީ މީގެ ކުރިން 2020 ގެ ފުރަތަމަ ހަ މަހުގެ ތަފާސްހިސާބުތައް ވެސް އާންމުކޮށްފަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން 440 ކަމަކާ ގުޅިގެން ގާނޫނީ ލަފަޔަކަށް އެދިފައި ވެއެވެ. އޭގެ ތެރެއިން 427 ކަމެއްގައި އޭޖީން ލަފާ ދީފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް