ads
އާދަމް ޝަރީފް--
ރިސޯޓް ސްޓާފުންނަށް އިންސާފުވެރި ވޭތޯ ސަރުކާރުން ބަލަން ޖެހޭ: އާދަމް ޝަރީފް
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ރިސޯޓްތަކުން އިންސާފުވެރިކޮށް ކަންތައް ކުރޭތޯ ފާރަވެރިވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ޓެގް ކުރައްވައި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވަމުން ދިއުމަކީ ލިބޭ ހިތްވަރެއް ކަމަށެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނާއި މުސާރަ ކުޑަކުރެވުނު މީހުންނާ މެދު އިންސާފުވެރިކޮށް ރިސޯޓުތަކުން އަމަލުކުރޭތޯ ބެލުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. 

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް 555،215 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. 

މިދިޔަ އަހަރަށް ސަރުކާރުން އަމާޒު ހިފީ ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމާއިއެކު ރާއްޖެއަށް ޒިޔާރަތްކުރީ އެ އަދަދަށް ވުރެ 72.24 އިންސައްތަ ދަށް އަދަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް