ads
މިއަދު ހަމަލާދިފައިވާ މީހާ:-
ހުޅުމާލޭގައި މީހަކަށް ހަމަލާ ދީ ފައި ބިންދާލައިފި
ހުޅުމާލޭގައި މީހަކަށް ހަމަލާދީ އޭނާގެ ފައި ބިންދާލައިފިއެވެ.

މިރޭ ހަމަލާ ދީފައިވަނީ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީއަކަށް ކަމަށް މައުލޫމާތު ލިބެއެވެ. 

ސޯސަލް މީޑިއާގައި ދައުރުވާ ފޮޓައަކުން ފެންނަނީ އޭނާގެ އަންނައުނުވެސް ވީދާލައި ބިންމައްޗަށް ވައްޓާލާފައި އޮތް މަންޒަރެވެ. އަދި އޭނާގެ އެއް ފައިގައި ލޭ ހުއްޓެވެ. 

އޭނާ ގާތުގައި ފުލުހުން ވެސް ތިބި މަންޒަރު ފެނެއެވެ. 

މި މައްސަލައިގައި ފުލުހުން ބުނީ ބިދޭސީއަކަށް ހަމަލާދީ އޭނާގެ ފޯނު އާއި ވޮލެޓް ފޭރިގަނެފައިވާ މައްސަލައެއް މިރޭ ފުލުހަށް ހުށަހަޅާފައިވާކަމަށެވެ. 

"ބިދޭސީ މީހާއަށް ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން" - ފުލުހުން

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން ދާކަމަށެވެ. 

57%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް