ads
ޖަޕާނުގެ މަގެއް--- ފޮޓޯ: އަލްޖަޒީރާ ނިއުސް
ޖަޕާނުގައި އަނެއްކާވެސް ކުއްލި ހާލަތު އިއުލާނު ކުރަން ވިސްނަނީ
އަނެއްކާވެސް ޖަޕާނުގެ ޓޯކިޔޯ ސިޓީގައި ކުއްލި ހާލަތު އިއުލާނު ކުރުމަށް އެ ގައުމުން މަޝްވަރާތައް ފަށައިފި އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިދެ ސުގާ އާ ހަވާލާދީ ބޭރުގެ އެކި ހަބަރުތަކުގައި ބުނެފައިވަނީ އެ ގައުމުގައި ކޮވިޑް 19 ގެ ކޭސްތައް ގިނަވަމުން އަންނަ ކަމަށެވެ. އަދި ގައުމުގެ ސިއްހީ ދާއިރާއަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމުގެ ބިރު އުފެދިފައިވުމުން، އެންމެ ހަލުވިކޮށް ކޮވިޑް ފެތުރެމުން އަންނަ ޓޯކިޔޯ ސިޓީގައި ކުއްލީ ހާލަތު އިއުލާނު ކުރުމާއި ގުޅޭ ގޮތުން ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ސުގާ ވިދާޅުވި ކަމަށް ރޮއިޓާސްގައި ރިޕޯޓު ކޮށްފައިވެ އެވެ.

ޖަޕާނުން މިދިޔަ ޑިސެމްބަރު މަހު 31 ގައި އެކަނިވެސް 4520 އާ ކޮވިޑް ކޭސް ފެނިފައިވެ އެވެ. މިއީ ރިކޯޑު އަދަދެކެވެ. އަދި އާ އަހަރުގައި ވެސް ޓޯކިޔޯ ސަރަހައްދުން ކޮވިޑް ކޭސްތަކުގެ އަދަދު މަދު ނުވާ ކަމަށް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުގާ ފާހަގަކުރެއްވި އެވެ.

ނަމަވެސް ޖަޕާނުގައި އަލުން ކުއްލި ހާލަތު އިއުލާނު ކުރާނެ ވަކި ތާރީހެއް އެ ގައުމުން އާންމެއް ނުކުރެ އެވެ.

ކޮވިޑް 19 އާ ގުޅިގެން ޖަޕާނު ސަރުކާރުން އެންމެ ފުރަތަމަ އެ ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށްފައި ވަނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އެވެ. ނަމަވެސް އޭރު ކުއްލި ހާލަތު އިއުލާނު ކުރީ އެގައުމުގެ ވަކި ސަރަހައްދުތަކަށެވެ. އަދި އޭގެ ފަހުން އޭޕްރީލް 16 ގައި އެގައުމުން ވަނީ މުޅި ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ. އަދި އޭގެ ދެ މަސް ދުވަސް ފަހުން އެ ގައުމުން ކުއްލި ހާލަތު އުވާލާފައި ވަނީ މޭ 26 2020 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް