ads
ރޭޕްކުރުމާއި ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން--
ރޭޕުގެ ސީރިއަސް ތުހުމަތުތަކެއް: ފުލުހުން ބުނަނީ ރިޕޯޓު ނުކުރާ ކަމަށް!؟
ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން އައި ދިވެހި އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވާތީ މީޑިއާއަށް ތިލަވެފައިވާ އެ މައްސަލަ ފުލުުހަށް ހުށަހަޅައިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ލިބޭ ވަރަކަށް ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެފައި ވާއިރު އެކި ޖަމިއްޔާތަކާ ފުލުހުންނަށް އާންމުންގެ ފާޑުކިޔުން މި މައްސަލައިގައި ލިބެމުން އެބަ ދެއެވެ. އެގޮތުން އެއް ބަޔަކު ބުނަނީ ރިޕޯޓު ނުކުރިއަސް އެފަދަ މައްސަލަތައް ބަލަން ޖެހޭނެ ކަމަށެވެ. 

"ބައެއް މީޑިއާ އިން އެފަދަ ކަމެއް ރިޕޯޓު ކޮށްފައި ވާތީ އެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ކަންކަން ފުލުހުން ދަނީ ކުރަމުން،" ފުލުހުން ބުނެފައި ވެއެވެ. 

އިއްޔެއިން ފެށިގެން އަޑުތައް ފެތުރިފައިވާ ގޮތުގައި ރާއްޖޭގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ އެފްއެންބީ މެނޭޖަރަކަށް ހުރި އިންޑިއާ މީހަކު އެ ރިސޯޓްގައި މަސައްކަތް ކުރަމުން އައި ދިވެހި އަންހެނަކު މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ވަނީ ރޭޕްކޮށްފަ އެވެ. އަދި އެކަން ފެންމަތިވުމުން އެ މައްސަލަ ނުބަލައި އޭނާ ފުރުވާލާފައިވެ އެވެ.

ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓުގައި އުމުރުން 19 އަހަރުގެ ދިވެހި އަންހެން ޒުވާނާ ރޭޕްކުރި އެ ރިސޯޓުގެ އެފް އެންޑް ބީ މެނޭޖަރު އަމިތް ޖެހިގެން އައި ދުވަހު ރާއްޖެއިން ފުރުވާލަފައިވާ ކަމަށް މައުލޫމާތު ލިބޭއިރު އެ ރިސޯޓުގެ އެޗްއާރް ޑިރެކްޓަރަކަށް ހުރީ އެ ގައުމުގެ މީހެއް ކަމަށްވާ "އުދޭ ނަޔަކް" ކަމަށް ހަބަރުތައް ފެތުރިފައި ވެއެވެ. 

އެ މީހާ ރޭޕްކޮށްފައިވާ 19 އަހަރުގެ ޒުވާން އަންހެން ކުއްޖާއަކީ ވަޒީފާގެ ތަމްރީނު ހޯދަން ރިސޯޓްގައި މަސައްކަތް ކުރަމުން އައި ޒުވާނެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މި މައްސަލައާ ގުޅިގެން ނޫސްވެރިން ފުލުހުންނާ ސުވާލު ކުރުމުން ރޭ ފުލުހުންގެ މީޑިޔާ އޮފިޝަލް ބުނީ އެފަދަ މައްސަލައެއް ހުށަހަޅާފައި "ނެތް" ކަމަށެވެ.

ނަމަވެސް މީޑިއާއަށް މައުލޫމާތު ދޭ ރަސްމީ ވަޓްސްއެޕް ގްރޫޕުގައި މިއަދު ފުލުހުން ބުނީ މީޑިއާގައި އެފަދަ ކަމެއް ރިޕޯޓް ކޮށްފައި ވާތީ އެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ކަންކަން ފުލުހުން ކުރަމުން ގެންދާ ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް