ads
ސުޕްރީމް ކޯޓު--- ފޮޓޯ: ސީއެންއެމް
ސުޕްރީމް ކޯޓުގެ މައްސަލަތަކަށް ސައިޓޭޝަން ނަންބަރެއް ދެނީ
މި އަހަރުން ފެށިގެން ސުޕްރީމް ކޯޓުގައި ގަޒިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭ މައްސަލަތަކަށް ގަޒިއްޔާ ނަންބަރުގެ އިތުރުން ސައިޓޭޝަން ނަންބަރު ދިނުމަށް ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ގަޒިއްޔާ ނަންބަރުގެ އިތުރުން މައްސަލަތަކަށް ސައިޓޭޝަން ނަންބަރު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސައިޓޭޝަން ނަންބަރު ކަނޑައަޅާނީ މައްސަލަ ނިންމާ ހުކުމް ކުރާ ތަރުތީބުން ކަމަށް އެ ކޯޓުން ބުނެއެވެ.

މިގޮތަށް އަމަލު ކުރުމަށް ހަމަޖެއްސުމާއެކު، ގާނޫނީ ލިޔުންތަކުގައި ނުވަތަ ހުށަހަޅާ މައްސަލަތަކާއި ގުޅިގެން ސުޕްރީމް ކޯޓުން ސައިޓޭޝަން ނަންބަރު ދީފައިވާ މައްސަލައަކަށް ހަވާލާދޭނަމަ އެ މައްސަލައަށް ދީފައިވާ ސައިޓޭޝަން ނަންބަރު ގަޒިއްޔާ ނަންބަރު ފަހަތަށް ގެންނަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް