ads
ހުޅުމާލޭގެ މާރުކޭޓެއް---
ހުޅުމާލޭގައި ވަގުތީ މުދާ ބަހައްޓަން ބިން ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި
ހުޅުމާލޭގައި މުދަލާއި ތަކެތި ބެހެއްޓުމަށް ބިމާއި ކޮންޓެއިނަރު ވަގުތީ ގޮތުން ދޫކުރުމަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މައުލޫމާތުދޭ ގޮތުގައި މުދަލާއި ތަކެތި ބެހެއްޓުމަށް ބިމާއި ކޮންޓެއިނަރު ވަގުތީ ގޮތުން ދޫކުރުމަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވަނީ ދޫކުރުމަށް ކަނޑައަޅާފައިވާ ބިމާއި ކޮންޓެއިނަރު ހުރި ވަރަށް ވުރެ އިތުރަށް ފޯމު ލިބިފައިވާތީ ކަމަށެވެ.

އަދި ވަގުތީ ގޮތުން ހުޅުމާލެއަށް ގެންނަ މުދާ ބެހެއްޓުމަށް ބިން ދޫކުރަން ހަމަޖެހިފައިވަނީ ފޯމް ހުށަހަޅާ ތަރުތީބުންނާއި ޖާގަ ހުރި މިންވަރަކަށް ބެލުމަށް ފަހުގައި ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

ކުރިއަށް ހުރި ދުވަސްތަކުގައި ޖާގަ ހުސްވާ ވަރަކުން އެތަންތަން ކުއްޔަށް ހިފުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ދޫކުރަން ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ހުޅުމާލޭގައި ވަގުތީގޮތުން މުދާ ބެހެއްޓުމަށް ބިމާއި ކޮންޓޭނަރު ކުއްޔަށް ދޫކުރުމުގެ ހުއްދައަށް އެދި ފޯމް ހުށަހަޅަން އެޗްޑީސީން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 24 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް