ads
ފޮޓޯ: އެޑިޝަން--
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފި
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ފެބުއަރީ މަހުގެ ތިންވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނުގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ މާޗު ހަތްވަނަ ދުވަހު އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލަން ނިންމީ ކޮވިޑްގެ ނުރައްކާ އަދިވެސް އޮތުމުން ކަމަށެވެ. 

މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދަކީ 621 އެވެ. 

މިހާތަނަށް 13867 މީހަކު ރާއްޖެއިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިހާތަނަށް ނެގީ 322،728 ސާމްޕަލެވެ. 

މި ބަލިން 13،191 މީހަކު ފަސޭހަ ވެފައި ވާއިރު، 48 މީހަކު ވަނީ މަރުވެފަ އެވެ. 

40%
ކަމުގޮސްފި
30%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް