ads
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ--
ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓުން ވައިޓް އެލާޓް ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ރަށްތަކަށެވެ. އެއީ މިއަދު 15:15 އިން ފެށިގެން މިރޭ 20:15 އާ ދެމެދަށެވެ.

ވައިޓް އެލާޓް ނެރިފައި ވާއިރު މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއި ގުގުރުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއިރަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައި ވެއެވެ. 

މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ގިނަ ރަށްތަކަށް ދަނީ އުދައަރާ ވަރަށް ބޮޑެތި ގެންލުންތައް ވަމުންނެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތައް ސަމާލުވެ ތިބުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް