ads
ގަތަރު އެއާވޭސްގެ ފްލައިޓެއް---
އާ އަހަރާ ދިމާކޮށް ގަތަރު އެއާވޭސްއިން ރާއްޖެއަށް ހާއްސަ ޕެކޭޖެއް
އާ އަހަރުގެ ފެށުން ފާހަގަކުރުމުގެ ގޮތުން ގަތަރު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތަކަށް ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފި އެވެ.

ގަތަރުގެ ރައްޔިތުންނަށް ތައާރަފު ކޮށްފައިވާ މި ޓްރެވަލް ބަބުލް ޕެކޭޖްގެ ދަށުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަގުތައް އުޅެނީ 1،800 ގަތަރު ރިއާލު (7611.49 ރުފިޔާ) އަށް ކަމަށްވާއިރު، މި މަހުގެ ފަނަރަވަނަ ދުވަހުގެ ކުރިން ބުކިން ހައްދަން ޖެހެ އެވެ.

ރާއްޖެއަށް ކުރާ ދަތުރުތަކަށް އޮންނަ ޑިމާންޑް ބޮޑުވުމުގެ ސަބަބުން ގަތަރު އެއާވޭސްއިން ވަނީ ރާއްޖެއަށް ކުރާ ދަތުރުތަކަށް ތައާރަފުކޮށްފައިވާ ޕެކޭޖުގެ މުއްދަތު އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

ގަތަރުގެ ޕަބްލިކް ހެލްތު މިނިސްޓްރީގެ ގްރީން ލިސްޓުގައި ރާއްޖެ ހިމެނިފައި ނެތް ނަމަވެސް ޓްރެވަލް ބަބުލް ޕެކޭޖުތަކަށް އޭގެ އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި، ރާއްޖެއިން ގަތަރަށް އަންނަ އެގައުމުގެ ރައްޔިތުން ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް ގަތަރު އެއާވޭސް ހޮލިޑޭސް އިން ބުނެ އެވެ.

މީގެ ކުރިން ވެސް ބައެއް އެއާލައިންތަކުން ވަނީ ރާއްޖެއަށް ކުރާ ދަތުރުތަކަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން އެ އެއާލައިންތަކުން ކުރާ ސީޒަނަލް ދަތުރުތަކުގެ މުއްދަތު އިތުރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް