އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފް-- ފޮޓޯ: ސީއެންއެމް
އަންނަ މާޗް މަހު ވެސް ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭނެ
Share
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު މާޗް މަހުގެ ހަވަނަ ދުވަހު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
Advertisement

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ ހެލްތު މިނިސްޓްރީން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހު ތިނަކަށް އިތުރުކޮށްފައި ވުމުން، މި ހާލަތު ދިގުދަންމައިފި ނަމަ މާޗް ހައެއްގައި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

ދެން އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅާނީ އެ ކޮމިޝަނުން ބައްދަލުވުމެއް ބޭއްވުމަށް ފަހު ކަމަށް ޝަރީފް ވިދާޅުވި އެވެ. އަންނަ ބުދަ ދުވަހު ކޮމިޝަންގެ ބައްދަލުވުމެއް އޮންނާނެ ކަމަށާއި، އެ ދުވަހު މަޝްވަރާ ކުރުމަށް ފަހު އިންތިހާބު ބާއްވާނެ ތާރީހެއް ނިންމާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އިންތިހާބާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ޑްރާފްޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން އެ ޑްރާފްޓް މަޖިލީހަށް ހުށަހަޅާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޖިލީހުން ސަންސެޓް ގާނޫނެއް ފާސްކުރިއިރު އެ ގާނޫނު ބުނާ ގޮތުން، އެ ތަސްދީގު ކުރާތާ އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ. އެެހެންކަމުން، އަންނަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. 

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވެސް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި ނަމަ، ކޮވިޑް ކޮންޓްރޯލް ކުރަން ދަތިވެދާނެ ކަމަށް އެޗްޕީއޭ އިން ބުނެފައި ވާތީ އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު އިސްލާހުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް