ads
ވެލާނާ އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން---
މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އުންމީދީ އަހަރެއް: މައުސޫމް
ފެށިގެން ދިޔަ އާ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް އުންމީދީ އަހަރެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އަހަރުގެ ފުރަތަމަ ތިން ދުވަހު އެވަރެޖް ގޮތެއްގައި ދުވާލަކު 3،456 ފަތުރުވެރިން ރާއްޖެ އައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ވަރަށް އުންމީދީ އަހަރެއް ކަމަށެވެ.

2021 ވަނަ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ތެރޭ 10،360 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. ފުރަތަމަ ދުވަހު 2،005 ފަތުރުވެރިން އައިސްފައިވާ އިރު، ދެވަނަ ދުވަހު 4،160 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. އަދި އިއްޔެ 4،195 ފަތުރުވެރިން އައިސްފައިވެ އެވެ.

ނިމިގެން ދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އާއި ދުނިޔޭގެ ބޯޑަރުތައް ބަންދުކުރަން ޖެހުމުގެ ސަބަބުން ފަތުރުވެރިންނަށް ހިދުމަތްދޭ ހުރިހާ ތަނެއް ބަންދުކުރަން ޖެހުނެވެ.

މިދިޔަ އަހަރުގެ ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ މަހުން މަހަށް ރަނގަޅު ވަމުންނެވެ. އަހަރު ނިމުނު އިރު 555،399 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

ސަރުކާރުން ވަނީ މި އަހަރު ދޮޅު މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް