ads
ވީޑިއޯ ރިޕޯޓް-
ދަރިފުޅު ސްކޫލަށް ފޮނުވާނަންތަ؟
ކޮވިޑް-19 ގެ ސަބަބުން ދުނިޔެ އަދި ރާއްޖޭ ހުއްޓުމުކަށް އައެވެ. ނަމަވެސް މަޑުމަޑުން މިހާލަތު މިދަނީ ރަނގަޅަވުމުންނެވެ. އެގޮތުން ރާއްޖޭގައި މިދިޔަ އަހަރު މާޗު މަހުގެ މިޑްޓާމް ބައްދަށް ފަހު ހުއްޓިފައި އޮތް ސްކޫލުތަކުގައި އަންނަ އާދީއްތަ ދުވަހުން ފެށިގެން ކިޔަވައިދޭން ފެށޭނެ އެވެ. ދެން އޮތް ސުވާލަކީ ކޮވިޑް-19 ގެ މިބަލިމަޑުކަމުގެ ތެރޭގައި ދަރިފުޅު ސްކޫލަށް ފޮނުވާނަންތޯއެވެ؟

އަންނަ ހަފްތާގެ އާދިއްތަ ދުވަހު ރާއްޖޭގެ ހުރިހާ ކަންކަޅުތަކެއްގެ ކިޔަވާކުދިންނަށް ސްކޫލު ހުޅުވިގެން ދާނެއެވެ. ބޭބީ ނާސަރީއިން ފަށައިގެން ގްރޭޑް 12 ގެ ދަރިވަރުންނަށް ސްކޫލް ހުޅުވޭނެއެވެ. މިއީ ހަމަގައިމުވެސް ރަހުމަތްތެރިންނަށް އެކަކު އަނެކަކު ފެނި ވަރަށް ވެސް އުފާވެރިކަން ގެނެސްދޭނެ މާހައުލަކަށް ވާނެއެވެ. ނަމަވެސް ބިރުވެރި ނާމާން ކޮރޯނާ އެ އުފާވެރި ކަމުގައި ވިހަލާތަން އެއީ ހަމަ ފެނުން އެކަށީގެންވާ މަންޒަރަކެވެ. 

ކޮވިޑް-19 ގެ ހާލަތު އަދިވެސް ރާއްޖޭގައި އެބައޮތެވެ. އެހެން ކަމުން އަލުން ސްކޫލުތައް ހުޅުވާލުމާ އެކު ޅަދަރިން ކޮވިޑް ގެ ވަކިތަކުގެ ތެރެޔަށް ގެއްލިގެން ދިއުމާ މެދު ވިސްނަން މިއަދު އެބަ ޖެހެއެވެ. ގިނަ ބަޔަކު އެއްތަނެށްގައި އެއްވެގެން އުޅުމުގެ ސަބަބުން ދާދި ފަހުން ބޮޑު ކްލަސްޓާއެއް ވަނީ ފެނިގެންގޮސްފައެވެ. އެހެންކަމުން ސުކޫލުތަކަށް ދަރިވަރުން ގޮސް ކިޔަވަން ފެށުމުން އެޔަށްވުރެ ބޮޑު ކުލަސްޓާއެއް ފެނުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.

އަވަށްޓެރި އިންޑިއާގައި އިނގެރޭސި ވިލާތުން ފެނުނު އާ ވޭރިޔަންޓު މިހާރު ވަނީ ފެނިފައެވެ. ނަމަވެސް އެ ކަމަކާ ގުޅޭ ގޮތުން އެދެވޭ ވަރުގެ ފިޔަވަޅެށް ރާއްޖޭގައި އެޅިފައިވާ މަންޒަރެށް އަދި ނުފެނެއެވެ. މީގެ އިތުރުން އިނގެރޭސި ވިލާތުން ދުވާލަކު އެތަށް ފަތުރުވެރިން ރާއްޖެއަށް ދަނީ އަންނަމުންނެވެ. މިއީ މިމުޖްތަމައުގައި ނުރައްކާގެ ރަނގަބީލުގެ އަޑު ގަދަވަމުންދާ ދަނޑިވަޅެކެވެ.

ހާލަތު މިހެން ހުރުމާ އެކު ރާއްޖޭގެ ސްކޫލުތައް ހުޅުވިގެން ދިޔުމުން ވާނީ ކިހިނެއްބާއޭ ހިތަށް އަރާ މޭ ފިނިވެއެވެ. މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ އަންނަ ހަފްތާގައި ސުކޫލް ހުޅުވުމަކީ އެއީ ގިނަ ބެލެނިވެރިން ބޭނުންފުޅުވާ ކަމެށް ކަމަށެވެ. ނަމަވެސް މަރުގެ ތުންފަތް މައްޗަށް އަމިއްލަ ދަރި އެއްލާލަން އެދޭނީ ކޮން މައިން ބަފައިންނެށް ހެއްޔެވެ؟. 

ކޮވިޑްގެ އާލަމީ ވަބާ އަދިވެސް ރާއްޖޭގައި އެބައޮތެވެ. ނަމަވެސް އަންނަ ހަފްތާގައި ސްކޫލްތައް ހުޅުވުމަށް ވަރަށް ބޮޑެތި ތައްޔާރީތައް ސްކޫލުތަކުން ދަނީ ވަމުންނެވެ. ނަމަވެސް މި ކުލަގަދަ ތައްޔާރީތައް "ހުދު ކަފުނުން" ނިމިގެން ނުގޮސްފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ. ކޮވިޑް އަކީ އަދިވެސް އޮތް އެއްޗެކެވެ. އެހެން ކަމުން ދަރިވަރުން ރައްކާތެރި ކުރުމުގެ ޒިންމާ އެޑިއުކޭޝަނުން ފުރިހަމަ ގޮތުގައި ނަގައިފިނަމަ އެއީ ހަމަ ގައިމުވެސް ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.

ނަމަވެސް އަހަރެންގެ ނަޒަރުގައި އަދި ސުކޫލުތަށް ހުޅުވާލުކަމީ އަދި ރަނގަޅު ގޮތެއްނޫނެވެ. ތުއްތު ކުދިން ގެންގޮސް ބޮނޑިވެގެން އުޅުމަކީ ރައްކާތެރި ކަމަކަށް ނުވާތީއެވެ. 

ވެކްސިން  ޖަހަން ފެށޭނެ ދުވަހެށް ނޭންގޭ އިރުގައި ކޮވިޑުން ސަލާމަތް ވުމަށް ހަމަ އެކަނި އޮތީ ގައިދުރުކަން ބަހެއްޓުމާއި އެޗްޕީއޭގެ ގަވައިދުތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރުމެވެ. އެހެންކަމުން ކޮވިޑް އާއި އެކު އަދި ސުކޫލަށް ދިޔުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ގޮތެއް ނޫނެވެ.

29%
ކަމުގޮސްފި
2%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
58%
ވަރަށް ސަލާމް
ކޮމެންޓްސް